ބަލިމީހުންނަށް ޒިޔާރަތްނުކުރުމުން ﷲ ކުރައްވަވާ ސުވާލުގެ ޢިބާރާތުންވެސް އެކަމުގެ ހުރި ނުރައްކާތެރިކަން އެނގިގެންދާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ބަލިމީހުންނަށް ޒިޔާރަތްނުކުރުމުން ﷲ ކުރައްވަވާ ސުވާލުގެ ޢިބާރާތުންވެސް އެކަމުގެ ހުރި ނުރައްކާތެރިކަން އެނގިގެންދާނެ!: މުފްތީ މެންކް

ޤިޔާމަތް ދުވަހު ﷲ ތައާލާ ސުވާލު ކުރައްވަވާނެ ކަންކަމުގެ ތެރޭގައި ބަލިމީހުންނަށް ޒިޔާރަތްނުކުރުން ހިމެނެއެވެ. ސުވާލު ކުރައްވަވާނެތެވެ. 

"ތިމަން ﷲ ބަލިވެއުޅުއްވެވިއިރު ކަލޭ ޒިޔާރަތް ނުކުރީ ކީއްވެގެން ހެއްޔެވެ؟" 

ޖަވާބުގައި އިންސާނާ ދަންނަވާނެތެވެ. "ޔާﷲ! އިނބަ ﷲ އީ އެންމެހައި މަތިވެރިކަމެއް ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. އިނބަ ﷲ ބަލިވެއުޅުއްވަވާނީ ކިހިނަކުންތޯއެވެ؟" 

ޖަވާބުގައި ވަޙީކުރައްވަވާނެތެވެ. "މިވެނި އެވެނި މީހުން ބަލިވެ އުޅުނުކަން ތިބާއަށް އެނގުނު ނޫންހެއްޔެވެ؟ އެމީހުންނަށް ޒިޔާރަތްކުރިނަމަ އެތަނުގައި ތިމަންﷲ ވޮޑިގެންވާކަން ތިބާއަށް އެނގުނީހެވެ." 

މީސްތަކުންނޭވެ! ލިބޭ ހުސްވަޤުތަކީ ވަރަށް ބޮޑު ނިޢްމަތެކެވެ. އެވަޤުތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަން މަސައްކަތްކުރާށެވެ. ވަޤުތު ހޯދައިގެންވެސް ބަލިމީހުންނަސް ޒިޔާރަތްކުރުން ފަދަ އެއްމުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރާށެވެ. އެއިރުން ތިބާގެ ދަރަޖަ މަތިވެރިކުރައްވަވާނެ ވަރު ހިތަށްވެސް ނުގެނެވޭނެއެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން