މަރުވާ ވަގުތު އެންމެ ލޯބިވާ މީހާގެ ސިފައިގަ ފެނި މަގުފުރައްދަން ދޭ އިބިލީހުގެ އެންމެ ފަހު ޙަމަލާ ވަރަށް ވަރުގަދަވާނެ!- ކޮންމެހެންވެސް ސަލާމަތްވާން ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
މަރުވާ ވަގުތު އެންމެ ލޯބިވާ މީހާގެ ސިފައިގަ ފެނި މަގުފުރައްދަން ދޭ އިބިލީހުގެ އެންމެ ފަހު ޙަމަލާ ވަރަށް ވަރުގަދަވާނެ!- ކޮންމެހެންވެސް ސަލާމަތްވާން ޖެހޭނެ!

ދުނިޔޭގައި އެމީހަކު އުޅުނުއިރު ޝައިޠޯނާއަށް ހައްލުވައި ނުލެވޭ މީހުން ހައްލުވައިލެވެންދެން އިބިލީސް އޭނާގެ މަގަށް ހައްލުވައިލަން ކުރާ މަސައްކަތް ހުއްޓައެއް ނުލާނެއެވެ! މަރުވުމުގެ ވަގުތުގައިވެސް އައިސް ޝަރީކުކުރާ މީހެއްގެ ގޮތުގައިވުމަށް ބާރުއަޅާނެއެވެ. މިކަން ޙަދީޘުން އެނގެން އެބައޮތެވެ! 

ނިކަން ވިސްނައިލަބަލާށެވެ! އެވަގުތު އިބިލީސް ތިބާގެކުރިމަތން ފެންނާނީ މަންމަ، ބައްޕަ، ނުވަތަ އެނޫންވެސް ތިބާ އެންމެ ލޯބިވާ (މަރުވެފައިވާ) މީހާގެ ސޫރައިގައެވެ. އެންމެ އިތުބާރުކުރާ ޤުރްއާން މުދައްރިސްގެ ސޫރައިގައިވެސް ފެނިދާނެއެވެ. 

ބުނާނެއެވެ! "މުސްލިމެއްގެ ގޮތުގައި މަރުނުވާށެވެ! އެއީ ނުބައި ދީނެކެވެ. އެދީނުގައި މަރުވެވުނީތީ މިތިބީ ހިތާމަކުރަންޖެހިފައެވެ." މިފަދަ ދޮގު ވަސްވާސްތައް ދީގެންވެސް ތިބާ ލައްވައި ޝަރީކުކުރުވަން ކުރެވުނުހައި މަސައްކަތްތަކެއް ކުރާނެއެވެ! 

މީސްތަކުންނޭވެ! ތިބާގެ ކިބައިގައި އީމާންކަން ފުރިހަމަނުވާނަމަ ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟ އިބިލީސް އެދޭ ވަސްވާސްތައް ޤަބޫލުކުރެވިއްޖެ ނަމަ ތިބާގެ އާޚިރަތަށްވާނީ ކިހިނަކުން ހެއްޔެވެ؟ ވީމާ ހޭލުންތެރިވާށެވެ! ދީނުގައި ޘާބިތުވާން ގަދައަޅައި މަސައްކަތްކުރާށެވެ! ދީނުގައި ޘާބިތުވެ ހުރުމުގެ ކުޅަދާނަކަން ދެއްވެވުން އެދިގެންނާއި އީމާންތެރިއެއްގެ ގޮތުގައި މަރުގެންދެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! 

‏ يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ ‏”‏ 

އަހުރެންގެ މިނަޞޭޙަތް އަޑުއަހާފައި އެކަނި ނުންމައިނުލާށެވެ.  ޢަމަލުކުރާށެވެ. އަދި ގާތް އެންމެންނަށާއި ހުރިހާ އެކުވެރިންނަށް އަހުރެންގެ މި ނަޞޭޙަތް ފޯރުވައިދޭށެވެ. މިހާރުގެ ބަހުރުވައިންނަމަ ޝެއާކޮށްލައިދޭށެވެ. އެކަމުން ތިބާއަށް ހެޔޮ ދަރުމަ މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

- ޝައިޚް ޢަލީ އަލްސުލައިމާންގެ ދަރުސަކުން

 

މިއަދު އޮންލައިން