ކޮރޯނާގެ ދުވަސްވަރު ފެތުރި ބިދުޢައިގެ އަސަރު އަދިވެސް މިސްކިތްތަކުގެ ސަފުތަކުން ދަނީ ފެންނަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 58ސ
ކޮރޯނާގެ ދުވަސްވަރު ފެތުރި ބިދުޢައިގެ އަސަރު އަދިވެސް މިސްކިތްތަކުގެ ސަފުތަކުން ދަނީ ފެންނަމުން!

ނަމާދުގެ ސަފުހަދަން ކޮރޯނާގެ ދުވަސްވަރު ފެތުރި ބިދުޢައިގެ އަސަރު އަދިވެސް މިސްކިތްތަކުގެ ސަފުތަކުން ދަނީ ފެންނަމުންނެވެ. ސުންނަތާއި އެއްގޮތަށް ސަފުގައި ތިބެން ބިރުގަންނަ މީހުން އެބައުޅެއެވެ. އަނެއް ބައަކަށް ވަނީ ގައިދުރުކޮށް ތިބުމުގެ އާދަ ހަރުލައިފައެވެ. 

"އެގޮތަށް ކަންތައް ކުރަނީ ޤަޞްދުގައި ނޫންކަމަށާއި ކުރެވެނީ ހަރުލާފައިވާ އާދައެއްގެ ސަބަބުންކަމަށް ބައެއް މީހުން ބުނެއެވެ. ވީމާ މިއީ ނަމާދުން ލިބެންވާ ފުރިހަމަ ޘަވާބު ލިބިގަތުމަށްޓަކައި ވިސްނާލަންޖެހިފައިވާ ކަމެއްކަން ފާހަގަކުރެވެއެވެ. 

އެހެންވެ ބައެއް މީހުން ގައިކައިރިކޮށް، ފައި ފުޅައުކޮށްގެން ތިބެފައި ނަމާދަށް ފެށުމުން ފައި ކައިރިކޮށް އެބަ ގައިދުރުކުރެއެވެ. މިއާދަ މިހެން މިގޮތަށް ހަރުލައިފާނެކަމުގެ ބިރު އެބައޮތްކަން އެއިރުވެސް ބައެއް ޢިލްމުވެރިން ގެންދެވީ ހާމަކުރައްވަމުންނެވެ. އެކަމަށް ކަންބޮޑުވުން ފައުޅުކުރައްވަމުންނެވެ. 

ބިދުޢަތައް ފެތުރުމަކީ ކުރަން ވަރަށް ފަސޭހަކަމެކެވެ. ފެތުރުމަށްފަހު އިޞްލާޙްކުރުމަކީ ކުރަން ވަރަށް އުނދަގޫ ކަމެކެވެ. 

އެހެންކަމުން މިގެނެސްދެނީ އެކަމުގައި ޑރ. އިޔާޟް އެދުވަސްވަރުވިދާޅުވެފައިވާ ބަސްފުޅެކެވެ.    

ޑރ. އިޔާޟްގެ ޗެލެންޖް: "ކޮރޯނާ ފެތުރުން އިތުރުވަނީ ގައިދުރުކޮށް ސަފުނަހަދައިގެން ކަމުގެ އެއްވެސް ޕްރޫފެއް ދައްކަވަބައްލަވަ!" 

"ރާއްޖޭގައި ކޮރޯނާ ފެތުރުން އިތުރުވަނީ މިސްކިތުގަ ގައިދުރުކޮށް ސަފުނަހަދައިގެން ކަމުގެ އެއްވެސް ޕްރޫފެއް ދައްކަވަބައްލަވަ!" – ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ރާއްޖޭގެ އެއްވެސް މިސްކިތެއްގައި ރަސޫލް () ގެ ސުންނަތާއި އެއްގޮތަށް ކައިރިކައިރީގައި ތިބެގެން ނުވަތަ ކައިރިކައިރީގައި ސަފުހަދައިގެން ކޮރޯނާ ވައިރަސް އެރި އެއްވެސް މީހަކު ހުރި ނަމަ އެކަން ހާމަކުރުމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ. 

"އަޅުގަނޑު މިކުރަނީ ހަމަ ޗެލެންޖެއް! އެއްވެސް މިސްކިތަކަށް އަރައި ސަފގައި ގާތުގައި ހުރުމުން ކޮރޯނާ ވައިރަސް އެރި މީހަކު ނިކަން ދައްކަބަލަ! މާތް ﷲ ވާގިފުޅާއިއެކު އަދި ރާއްޖޭގެ ކަންކަން މިއޮތީ އެޙާލަތެއްގައެއް ނޫން! ﷲ ތަޢާލާގެ ރަޙްމަތްފުޅު މާބޮޑު!" 

"ނަމާދުގައި ކިރިޔާވެސް ކޮޅަށް ހުރެވޭމީހާ ހުރެވޭ މިންވަރަކަށް ކޮޅަށް ހުންނަން ޖެހޭ! ގޮނޑީގައި އިށީނދެވޭނީ އެނޫންގޮތެއް ނެތުނީމަ! ސަފު ހަދަން ޖެހެނީވެސް ކައިރިކައިރީގަ! ދުރުގަ ސަފު ހަދޭނީ އެނޫން ގޮތެއް ނެތިގެން! ރާއްޖޭގެ ޙާލަތުގައި އަދި އެ ހިސާބަކަށް ކަންތަކެއް ނުދޭ!" ޑޜ. އިޔާޟް ވިދާޅުވެފައިވެއެވެ. 

އިޔާޟްގެ ބަސްފުޅަށް ހެކި!: 

"މިމިސްކިތަކީ މިހާރުވެސް ހަމަ ގިނަ ބައަކު ނަމާދުކުރާ މިސްކިތެއް! ސަފުހަދަނީވެސް ސުންނަތާއެއްގޮތަށް! ކައިރިކައިރީގަ! މާތް ﷲ ވާގިފުޅާއިއެކު މި މިސްކިތުގެ އެއްވެސް އަހުލުވެރިއެއް އަދި މިހައިތަނަށް ޕޮޒިޓިވެއް ނުވޭ! މިއީ އެންމެން ވަރަށް ގުޅި، ރަޙްމަތްތެރިކަމުގަ އުޅޭ މިސްކިތެއް! އެވަރުކަމެއް ވީނަމަ އެނގޭނެ! އަދި އެމީހަކަށް މިސްކތަށްވެސް ނާދެވޭނެ ނޫންތޯ؟" 

ޑރ. އިޔާޟްގެ މިވާހަކަފުޅަށް ބާރުލިބިގެންދާ އެއް ސަބަބަކީ ހަމަ ކުރިއާއި އެއްގޮތަށް ފައާއި ފައި ޖައްސައިގެން ތިބި މިހާލަތުގައިވެސް ނަމާދުކުރަމުން އަންނަ މިސްކިތަކަށް ޢާންމުކޮށް ނަމާދަށް އަރާ ހަމައެކަކުވެސް އަދި މިހައިތަނަށް ޕޮޒިޓިވްވެފައ ނުވާކަމެވެ. އެ މިސްކިތަކީ ކުޑަމިސްކިތެއްވެސް ނޫނެވެ. އެންމެ ބޮޑު އެއް މިސްކިތެވެ! 

ދެމީހުން ބައްދައިގެންތިބެ ސައިކަލް ދުއްވުމުން ނާރާ ވައިރަސްއެއް ނަމާދުގައި ހިނދުކޮޅަކަށް ފައިތިލައިގެ ކުވާ އިނގިލި، ނުވަތަ އަތުގެ އުޅަނބޮށިކޮޅު ބީހިލުމުން އަރާނެ ކަމަށް ޤަބޫލުކުރުމަކީ ބުއްދީގެ ހަމަތަކުން ވެސް ކުރެވެން އޮތްކަމެއް ނޫނެވެ. ހަމައެއާއިއެކު މިސްކިތްތައް އެއީ ބިރުވެރިތަނެއްގެ ގޮތުގައި ދައްކައި ސަފުހަދާ ގޮތަށް ދާޑުކިޔާމީހުން، ބައްދައިގެން ސައިކަލް ދުއްވުމާއި މަޖިލީހުގައި މަރާބަގުޑިކުޅުން ފަދަ ކަންކަމުގައި އެއްވެސް ބަހެއް ނުބުނުމަކީވެސް ހިތާމަކުރަންޖެހޭ ކަމެކެވެ.

މިއަދު އޮންލައިން