އިނދެގެން އުޅެނިކޮށް އަނބިމީހާ ހިލޭ ފިރިހެނަކަށް ބަނޑުބޮޑުވެއްޖިއްޔާ އެހިސާބުން ކާވެނި ރޫޅޭނެތޯ؟ އަންހެން މީހާޔަށް އޮންނާނީ ކޮންކަހަލަ އަދަބެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
އިނދެގެން އުޅެނިކޮށް އަނބިމީހާ ހިލޭ ފިރިހެނަކަށް ބަނޑުބޮޑުވެއްޖިއްޔާ އެހިސާބުން ކާވެނި ރޫޅޭނެތޯ؟ އަންހެން މީހާޔަށް އޮންނާނީ ކޮންކަހަލަ އަދަބެއްތޯ؟

ސުވާލު:. އިނދެގެން އުޅެނިކޮށް އަނބިމީހާ ހިލޭ ފިރިހެނަކަށް ބަނޑުބޮޑުވެއްޖިއްޔާ އެހިސާބުން ކާވެނި ރޫޅޭނެތޯ؟ އަންހެން މީހާޔަށް އޮންނާނީ ކޮންކަހަލަ އަދަބެއްތޯ؟ 

ޖަވާބު:. އޮޓަމެޓިކުން ކާވެނި ރޫޅިގެން ނުދާނެ. ތަޥްބާ ވެއްޖެނަމަ އެކުގާއުޅުން މައްސަލައެއްނެތް. ތަޥްބާ ނުވެއްޖެނަމަ ވަރިކުރަން ޖެހޭނެ. ތިމައްސަލަ ޤާޟީއާއި ހަމަޔަށް އުފުލި ކުށްސާބިތު ވެއްޖެނަމަ އަދަބަކީ ރަޖަމުކުރުން. 

ކައިވެންޏަށް 6 މަސް ނުފުރައި ވިހައިފިނަމަ ދަރި ނުލައްވާނެ! ކައިވެނިކޮށްގެން ފިރިމީހާއާއި ޖިމާޢޫވަމުން ހިލޭ ފިރިހެނަކާއިއެކު ޒިނޭވެސް ކުރަމުން ދަރިއަކު ލިބިއްޖެނަމަވެސް ލައްވާނީ ފިރިމީހާއަށް. ދަރިޤަބޫލުކުރަން ބޭނުންނުވާނަމަ އޮތީ ލިޔާނުކުރުން. އެޙާލަތުގަ އެއީ ކާކުގެ ދަރިއެއްކަން އަނބިމީހާއަކަށް ނުއެނގޭނެ.

ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް.

 

މިއަދު އޮންލައިން