ހިތާމަހުރިކަމެއް! މުސްލިމުންގެ ކިބައިގަ ހުރުން އެންމެ މުހިންމު ސިފަ ދަނީ ބޮޑުތަނުން އުނިވަމުން-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ހިތާމަހުރިކަމެއް! މުސްލިމުންގެ ކިބައިގަ ހުރުން އެންމެ މުހިންމު ސިފަ ދަނީ ބޮޑުތަނުން އުނިވަމުން-!

މުސްލިމުންގެ ކިބައިގައި ހުރުން އެންމެ މުހިންމު ސިފައަކީ ތެދުވެރިކަމެވެ. އެހެނީ ފުރިހަމަ ގޮތުގައި މުސްލިމަކަށް ވެވޭނީ ތެދުވެރިވެވިގެންނެވެ. ﷲ ތަޢާލާއަށެވެ. އެކަލާނގެ ބާވައިލެއްވެވި ދީނަށެވެ. ޢާއިލާއަށެވެ. އެންމެހައި މީސްތަކުންނަށެވެ. ކުރާ ހުރިހާ މުޢާމަލާތްތަކުގައެވެ. ބުނާ ހުރިހާ ބަސްތަކެއްގައެވެ. 

ކަންއޮތީ މިފަދައިން ނަމަވެސް މިއަދު މުސްލިމުންގެ ޙާލަތު މިއޮތީ ކިހިނަކުންހެއްޔެވެ؟ ލަދުވެތިވާންޖެހޭ ހިސާބުގައި ނޫންހެއްޔެވެ؟ 

މައުޟޫއަކަށް ފެށްޓެވުމަށްފަހު ކުރިމަތިވެވަޑައިގަންނަވާ ކަމެއްގެ ސަބަބުން މައުޟޫޢު ބަދަލުކުރައްވަން ޖެހިވަޑައިގަތުމަކީ މަޝްހޫރު ޢިލްމުވެރިޔާ މުފްތީ މެންކަށް ބަލާއިރު އާދައިގެ ކަމެއް ނޫނެވެ! ނަމަވެސް މުބުނަނީ އެކަން ކުރިމަތިވެވަޑައިގެންނެވި ދަރުސެއްގެވާހަކައެވެ.   

"ހަމަ ފައުޅުގައި މުސްލިމުންނާއިއެކު ވިޔަފާރިކުރަން ބޭނުން ނޫންކަމަށް ބުނާ ކާފަރުން އެބަތިއްބެވެ. އަހަރެންގެ ޤައުމުގައި އެއީ ޢާންމުކަމެކެވެ. މައުލޫމާތު ލިބޭ ގޮތުން އެހެން ޤައުމުތަކުގައިވެސް އެކަން އޮތީ ހަމަ އެގޮތަށެވެ. މުސްލިމުންނާއިއެކު ވިޔަފާރިކުރަން ބޭނުން ނޫންކަމަށް ބުނަނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ މުޢާމަލާތްތަކުގައި މަކަރު ހަދާތީއެވެ. މަކަރުހަދާ މުސްލިމުންގެ އަދަދު ގިނަވަމުން އަންނާތީއެވެ!" 

(ދަރުސް މިހިސާބަށް ގެންދެވުމަށްފަހު މިޤައުމުގައި މިކަން އޮންނަނީ ކިހިނެއްތޯ ސުވާލުކުރެއްވުމުން ގިނަ ބައަކު ހޭން ފެށުމުން ދަރުސް ދެއްވި މުފްތީ މެންކަށް ޖެހިވަޑައިގަތީ މައުޟޫޢު ބަދަލުކުރައްވާށެވެ!) 

މިއީ މިއަދު ފުންކޮށް ވިސްނައިލުން މުހިންމު ކަމެކެވެ. އަހަރެމެން މިބުނަނީ އަހަރެމެންނަކީ މުސްލިމުން ކަމަށެވެ. ކުރާ ކޮންމެ ކަމެއްގައިވެސް ތެދުވެރިވުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުކަމެކެވެ. ވިޔަފާރީގައި ވެސް ތެދުވެރިވުމަށް ޤުރްއާނުގައި ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ. 

މިފަދަ ކަންކަމަށް ވިސްނައިލާށެވެ! މީސްތަކުން ހަދާ މަކަރާ ޙީލާތާއި ކުރާ ހުރިހާ ވައްކަމެއް ﷲ ތަޢާލާ މޮޅަށް ދެކެދެނެވޮޑިގެންވެއެވެ. ޤިޔާމަތް ދުވަހު ﷲ ތަޢާލާ މުޢާމަލާތު ކުރައްވަވަން ބޭނުންފުޅުވެވޮޑިނުގެންފިނަމަ އަހަރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން