ﷲ ގެ ނަންފުޅު ޖަހާފައިވާ ފޭރާންލުން ހުއްދަތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ﷲ ގެ ނަންފުޅު ޖަހާފައިވާ ފޭރާންލުން ހުއްދަތޯ؟

ސުވާލު: އަހަރެން ދިރިއުޅެމުން މި އަންނަ އަވަށުގައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ނަންފުޅު ލިޔެފައިވާ ޓީޝާރޓް ލާ މީހުން ގިނަވެއްޖެއެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެހެނީ މި ފަދަ ޓީޝާރޓް ލާ ބައެއް މީހުން އެއަށް އިހާނަތްތެރިކޮށް ކަންތައްކޮށްފާނެއެވެ. އެ ލުމުގެ ތެރޭގައި ނުވަތަ އެ ބިންމައްޗަށް އެއްލާލުމުންނެވެ. އަދި އެފަދަ ޓީޝާރޓެއް ލުން ހުއްދަނަމަ އެލައިގެން ފާޚާނާއަށް ވަންނާނީ ކިހިނެއްތޯއެވެ؟ މިކަމުގައި ތިބާގެ ރައުޔަކީ ކޮބައި ހެއްޔެވެ؟

ޖަވާބު:

الحمد لله

މިފަދަ ޓީޝާރޓު ލުމަކީ ހުއްދަކަމެއް ނޫނެވެ. އަދި އެފަދަ ޓީޝާރޓެއް ލާމީހާ އެފަދަ ކަމެއް ކުރާނަމަ އެކަން ހުއްޓުވަންޖެހޭނެއެވެ. އެކަމަށް އިންކާރު ކުރަން ޖެހޭނެއެވެ. އެއީ ﷲ ގެ ނަންފުޅަށް އިހާނަތްތެރިވުން އެކަމުގައި ހިމެނޭތީއެވެ.

އެގޮތުން މިފަދަ ޓީޝާރޓްތަކުގައި ﷲ ގެ އިސްމުޅު ޕްރިންޓުކުރުމުގެ ސަބަބުން، އެ ޓީޝާރޓްތައް، ﷲ ގެ ނަންފުޅު ލިޔެފައިވާތަކެތި ބެހެއްޓުން ލާއިޤުވެގެން ނުވާ ތަންތަނުގައި މިސާލަކަށް ފާޚާނާފަދަ ތަންތަނުގައި ބެހެއްޓުމާއި، (ޚާއްޞަކޮށް މިފަދަ ތަކެތި ދޮންނައިރު) އެހެނިގެން ގޮތްގޮތުންވެސް އިހާނާތްތެރިވުން ހިމެނޭތީއެވެ.

ތިބާއާ އެހެނިހެން މުސްލިމުން މިފަދަ ޓީޝާރޓްތައް ގަތުމުން ދުރުހެލިވެއްޖެނަމަ އެކަންކުރާބަޔަކަށް އެބައިމީހުންގެ މާރކެޓް ހަނިވެގެންދާނެއެވެ. އޭރުން އެބައިމީހުންގެ މަޤްޞަދަކީ ހަމައެކަނި ވިޔަފާރިކުރުން ކަމުގައިވާނަމަ، އެފަދަ ޓީޝާރޓްތައް ޕްރިންޓުކުރުން ހުއްޓާލަން އެމީހުންނަށް މަޖުބޫރުވާނެއެވެ".

والله أعلم .

އައްޝައިޚް މުޙައްމަދު ޞާލިޙު އަލްމުނައްޖިދު

--ޝައިޚް މުޙައްމަދު ޝާފިޢު

މަރްޖިޢު:

https://www.facebook.com/photo/?fbid=684787959876611&set=a.228602875495124

https://islamqa.info/ar/answers/1047/%D9%84%D8%A8%D8%B3-%D8%A7%D9%84%D9%82%D9%85%D8%B5%D8%A7%D9%86-%D8%A7%D9%84%D9%85%D9%83%D8%AA%D9%88%D8%A8-%D8%B9%D9%84%D9%8A%D9%87%D8%A7-%D9%84%D9%81%D8%B8-%D8%A7%D9%84%D8%AC%D9%84%D8%A7%D9%84%D8%A9

މިއަދު އޮންލައިން