ދޫމައްޗަށް އެހައި ފަސޭހަ އެހެނަސް އެތައް ގަޑިއިރަކު ޛިކުރުކުރުމާ ނުބައްދަލު ޛިކުރަށް ފަރުވާތެރިވެލައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ދޫމައްޗަށް އެހައި ފަސޭހަ އެހެނަސް އެތައް ގަޑިއިރަކު ޛިކުރުކުރުމާ ނުބައްދަލު ޛިކުރަށް ފަރުވާތެރިވެލައްވާ!

މަތިވެރި އިސްމްފުޅުތަކާއި ޛިކުރުތަކަކީ އެންމެންވެސް ވަރަށް ރަނގަޅަށް ދަންނަ ތަކެއްޗެވެ! ނަމަވެސް ކިޔުމުގައި ފަރުވާކުޑަވެނީއެވެ. ކުޑައިރުން ފެށިގެން ދަސްވެފައި ހުރި ނަމަވެސް ޢަމަލު ނުކުރެވެނީއެވެ. އެއީ އިންސާނުންގެ ކަންނެތްކަމުންނާއި ކޮންމެ މަގުތަކުވެސް މަރު އައިސް ބައްދަލުކޮށްފާނެ ކަމަށް ބިރުގަނެވޭ މިންވރު ކުޑަކަމުންނެވެ.

މި ބަޔާންކުރާ ޛިކުރަކީ ރަސޫލް (ﷺ)، އިތުރު އެކަލޭގެފާނުގެފާނުގެ އަނބިކަނބަލުން ޖުވައިރިޔަތުގެފާނަށް ދަސްފުޅުކުރައްވަވައި ދެއްވެވި ޛިކުރެކެވެ. އެދުވަހު ރަސޫލް (ﷺ) ފަތިހު ގަނޑުވަރުޮޅުން ނުކުމެވަޑައިގެން ބޭރަށް ވަޑައިގެންނެވިއިރުވެސް ޖވައިރިޔަތުގެފާނު އިންނެވީ ފަތިސް ނަމާދަށްފަހު ޛިކުރުކުރެއްވެވުމަށެވެ. މެންދުރު އެނބުރި ގަނޑުވަރުކޮޅަށް ވަޑައިގެންނެވިއިރުވެސް އިންނެވީ ހަމަ ފަތިހުންސުރެ އިންނެވިގޮތަށް ހަމަ އެތަނުގައި ޛިކުރުކުރައްވާށެވެ!

އެހިނދު ރަސޫލް (ﷺ) މިޛިކުރު ވިދާޅުވެދެއްވެވިއެވެ. އަދި ޙަދީޘްފުޅު ކުރެއްވެވިއެވެ. އެއރުންސުރެ މިވަގުތާއި ހަމައަށް ވިދާޅުވި ހުރިހާ ޛިކުރުތަކަށްވުރެ މި ޛިކުރު 3 ފަހަރު ވިދާޅުވުމުގެ މަތިވެރިކަން މާބޮޑެވެ!

سُبْحـانَ اللهِ وَبِحَمْـدِهِ عَدَدَ خَلْـقِه ، وَرِضـا نَفْسِـه ، وَزِنَـةَ عَـرْشِـه ، وَمِـدادَ كَلِمـاتِـه

މި ޙަދީޘްފުޅަށް ބައްލަވައި ޢިލްމުވެރިން ބަޔާންކުރައްވަވަނީ ފަތިސް ނަމާދަށްފަހު އާއި ޢަޞްރު ނަމާދަށްފަހު މި ޛިކުރު 3 ފަހަރު ކިޔައިފި މީހަކަށް މުޅި ދުވާލާއި ރޭގަނޑުވެސް ހުރެވޭނީ ޛިކުރުކުރުންމަތީގައިކަމަށެވެ. މާނައަކީ އެކަމުގެ ޘަވާބު ދެއްވަވާނެ ކަމެވެ.

ﷲ ތަޢާލާ ވަނީ އިސްލާމް ދީން ފުރިހަމަކުރައްވަވައިފައެވެ. ރަސޫލް ﷺ ވަނީ ކުރަންވީ ޛިކުރުތައް ބަޔާންކުރައްވަވައި ދެއްވވައިފައެވެ. ވީމާ އަލަށް ތަކެތި އުފެއްދުމެއް ނެތެވެ. ކުރަން އޮތް ކަމަކީ މިފަދަ މަތިވެރި ޛިކުރުތައް ކިޔުންމަތީގައި ދެމިތިބުމެވެ. އެކަމަށް މީސްތަކުންނަށް ހަނދުމަކޮށްދިނުމެވެ. އަހރެން މިކުރަނީ އެ މަސައްކަތެވެ.

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން