އުފާވެރިކަން ނުލިބިގެން ދެރަވެ ހިތާމަކުރަންޖެހޭ ބައްޔަށް އެންމެ ޔަޤީން ފަރުވާއަކީ މައިންބަފައިންނަށް ލޯތްބާއަޅާލުން ދިނުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
އުފާވެރިކަން ނުލިބިގެން ދެރަވެ ހިތާމަކުރަންޖެހޭ ބައްޔަށް އެންމެ ޔަޤީން ފަރުވާއަކީ މައިންބަފައިންނަށް ލޯތްބާއަޅާލުން ދިނުން!: މުފްތީ މެންކް

އުފާވެރިކަން ނުލިބުމުން ހިތާމަކުރެވޭނެއެވެ. އެހެންކަމުން މިއީ އިތުރަށް ވިސްނައިލަންޖެހޭނެ ކަންކަމެވެ. ތިމާއަށް އުފާވެރިކަން ނުލިބިގެން މިއުޅެނީ ތިމާގެ އެއްވެސް ކުށެއް އޮވެގެންކަމާއިމެދު ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. އެގޮތުން އެންމެ ފުރަތަމަވެސް ވިސްނަންފަށަންވާނީ އަމިއްލަ މައިންބަފައިންނާއި އަދި އަނބިދަރިންނާއި ހަމައިންނެވެ. އަނބިންނަށްވެސް އޮތީ ހަމަ މިގޮތެވެ.

ފުރަތަމަ ކަމަކަށްވެސް މީހަކަށް ހެޔޮކޮށް ހިތައި އެހީތެރިވާނަމަ އެމީހަކަށް އެހީތެރިވެވޮޑިގަތުންމަތީގައި ދެމިވޮޑިގެންހުންނަވާނެ ކަމަށް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާއިރު އެމީހާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތާމީހަކަށް ލައްވަވާނެ ރަޙްމަތުގެ ބޮޑުކަން ހިތަށް ގެންނާށެވެ!

ތިމާގެ މައިންބަފައިންނަށް ރަޙްމަތް ލެއްވެވުން އެދި ތިބާ ދުޢާކުރުމުން މަލާއިކަތުން ތިބާއަށް ރަޙްމަތް ލެއްވެވުން އެދި ދުޢާކުރައްވަވަތެވެ! މަލާއިކަތުންގެ ދުޢާއަކީ ތިބާގެ ދުޢާއަށްވުރެ މާމުހިންމު މާބާރުގަދަ ދުޢާއެކެވެ.

ތިމާއަށް އުފާވެރިކަން ނުލިބިގެން އެކަމުގެ ވާހަކަދައްކާއިރު ފުރަތަމަ ކަމަކަށް މިރޭގެ ދަރުސް ނިމިގެން ނުކުމެ ގެއަށްދާން ހިނގައިގަތުމުގެ ކުރިން އެމީހެއްގެ މަންމައަށް، ބައްޕަ އަށް ނުވަތަ އެދެމީހުންނަށް ފޯނުކޮށްފައި "އަހަރެން ވަރަށް ވަރަށް ލޯބިވަމޭ! އަހަރެން އެންމެ ކުޑައިރުންސުރެ އަހަރެންނަށް ކޮށްދިން ކަންތައްތަކަށްޓަކައި ޝުކުރުވެރިވަމޭ! އަބަދުވެސް ވަރަށް ބޮޑަށް ލޯބިދޭން ބޭނުމޭ!" ބުނެލަންކުރެވޭނީ ކިތައް މީހުންނަށް ހެއްޔެވެ؟

މިވަގުތު ފޯނު ނުނަގާނަމަ މެސެޖެއް ނަމަވެސް ކުރާށެވެ! އަދި އެފަދަ މެސެޖުތައް ކޮންމެ ދުވަހަކުވެސް ފޮނުވަމުން ގެންދާށެވެ!

މީސްތަކުންނޭވެ! އެމީހާގެ މައިންބަފައިންނަށް ލޯބިދީ، އަޅާލައި، އެހީތެރިވެ އުފަލުގަ ބައިތިއްބާނަމަ އެމީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބޭނެއެވެ. އެއީ އެއްވެސް ވަރަކަށް ޝައްކުކުރަންޖެހެންވީ ކަމެއް ނޫނެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތަށް އެދެން ކުރަން އޮތް އެންމެ މުހިންމު އެއްކަމަކީ ހަމައެއީއެވެ. އެމީހާގެ މައިން ބަފައިންނަށް ހެޔޮކޮށް ހިތުމެވެ.

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން