އިންނަން އުޅޭ ކުއްޖާއަށް ގައިގޯޅިވެފައި ދޮންދީ ހަދާފައި ނަމާދު ކުރުމުގެ ކުރިން ހިނައިގަންނަން ޖެހޭނެތޯ؟ ނުވަތަ ވުޟޫކުރުމުން ފުދޭނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
އިންނަން އުޅޭ ކުއްޖާއަށް ގައިގޯޅިވެފައި ދޮންދީ ހަދާފައި ނަމާދު ކުރުމުގެ ކުރިން ހިނައިގަންނަން ޖެހޭނެތޯ؟ ނުވަތަ ވުޟޫކުރުމުން ފުދޭނެތޯ؟

ސުވާލު:. އިންނަން އުޅޭ ކުއްޖާއަށް ގައިގޯޅިވެފައި ދޮންދީ ހަދާފައި ނަމާދު ކުރުމުގެ ކުރިން ހިނައިގަންނަން ޖެހޭނެތޯ؟ ނުވަތަ ވުޟޫކުރުމުން ފުދޭނެތޯ؟ 

ޖަވާބު:.

ފުރަތަމަ ކަމަކީ ކާވެނި ކުރުމުގެ ކުރިން ގައިގޯޅިވެ ދޮންދީ ހެދުމަކީ ޙަރާމް ކަމެކެވެ.

ތިޔަފަދަ ޖަރީމާއެއް ހިންގުމުގެ ތެރޭގައި މަނިބޭރުވެފައިވާނަމަ ހިނައިގަންނަން ޖެހޭނެއެވެ. ހިނައިގަންނަން ޖެހިފައި އޮއްވާ ހަމައެކަނި ވުޟޫ ކޮށްގެން ނަމާދު ޞައްޙައެއް ނުވާނެއެވެ. 

އިތުރު ސުވާލެއް: 

ސުވާލު:. އަނބިމީހާޔަށް ވަގުތުނުދީ އަބަދު ފިރިމީހާ ރައްޓެހިންނާއެކު ވަގުތު ހޭދަކުރުމަކީ ކޮންކަހަލަ ކަމެއް؟ 

ޖަވާބު:. ރަގަޅު ކަމެއްނޫން. އަނބިމީހާގެ ފަރާތުން ތިމާގެ ޙައްޤުތައް ފުރިހަމަވާން އެދޭފަދައިން ތިމާގެ ފަރާތުން އަނބިމީހާޔަށް ދޭންޖެހޭ ޙައްޤު ތަކާއި މެދުވެސް ފަރުވާތެރިވާން ޖެހޭނެ. 

ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް.

މިއަދު އޮންލައިން