ސުވާލު:. މަރުވުމުން ކަށްވަޅު ފިއްތާލެވޭނީ ނުބައިކޮށް އުޅޭ މީހުންތޯ؟
ޖަވާބު:. ޤަބުރުގައި ކޮންމެމީހަކުވެސް ފިއްތައިލެވޭނެ ކަމަށް އޮންނަ ޙަދީޘަކީ ޞައްޙަ ޙަދީޘެކެވެ. އެއްވެސް މީހަކަށް އެކަމުން ސަލާމަތްވެވޭނެ ނަމަ ސަޢުދު ބިން މުޢާޛް ސަލާމަތްވެވަޑައިގަތީސް ކަމަށް ޙަދީޘްގައި އޮވެއެވެ.. އެހެނީ ސަޢުދުބިން މުޢާޛް އަވަހާރަވުމާއި އެކު ޢަރުޝި ގުޑައިގެން ދިޔައެވެ. އަދި އުޑުތަކުގެ ދޮރުތައް ހުޅުވިގެން ދިޔައެވެ. އަދި އެކަލޭގެފާނުގެ ޖަނާޒާގައި 70،000 މަލާއިކަތުން ބއިވެރިވެ ވަޑައިގަތެވެ.
ނަމަވެސް އެކަލޭގެފާނުވެސް ޤަބުރަށް ލެއްވުމާއެކު ފިއްތާލެވުނެވެ. ނަމަވެސް ފަހުން ދޫކޮށްލެވުނެވެ. ވީމާ ކޮންމެ މީހަކުވެސް ޤަބުރުގައި ފިއްތާލެވޭނެއެވެ. ސަލާމަތްވުން އޮތީ އެމީހެއްގެ ޢަމަލުތަކުގެ މައްޗަށް ބިނާވެފައެވެ. މިއިންވެސް އެނގެނީ ދުނިޔޭގެ ލައްޒަތަށްވުރެ އާޚިރަތުގެ ބާއްޖަވެރިކަން ހޯދުމަށް މަސައްކަތް ކުރަން ޖެހޭކަމެވެ.
ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް.