އއ. އުކުޅަހު ސްކޫލްގައި ނެށުމާއި ދެކޮޅު ހެދުމުން ޓީޗަރުންތަކެއް ސަސްޕެންޑުކުރުމަކީ އެޓީޗަރުންނަށް ދިން އަނިއާއެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް ވިދާޅުވެއްޖެއެވެ.
ޑރ. އަލީ ޒާހިރު ވިދާޅުވީ، ނެށުމާއި ދެކޮޅު ވެގެން ޓީޗަރުންތަކަކަށް ފިޔަވަޅު އެޅުމަކީ އަނިޔާއެއް ކަމަށާއި އަނިޔާ ލިބޭ މީހާގެ ދުޢާ އިޖާބަކުރެއްވުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ.
ކިޔަވައިދިނުމުގެ ކަރިކިއުލަމާ ހިލާފުވި ކަމަށް ބުނެ، އއ. އުކުޅަހުގެ ތިން ޓީޗަރަކު ސަސްޕެންޑުކުރީ އިއްޔެއެވެ.
އެނގިފައިވާ ގޮތުގައި އެ ޓީޗަރުންނަށް ފިޔަވަޅު އަޅާފައިވަނީ ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުންނަށް ބާއްވާ ކޮންސެޓެއްގައި ދަރިވަރުންނަށް ނަށަން ދަސްކޮށްދިނުމަށް ދެކޮޅު ހެދުމުންނެވެ.
މިހާރު އޮތް ގައުމީ މަންހަޖު ބުނާ ގޮތުން ކްރިއޭޓިވް އާޓްސްގައި މިއުޒިކާއި ނެށުން ފަދަ ކަންކަމަކީ އޮޕްޝަނަލް ކަންކަމެވެ.
ޚަބަރު: ވީނިޔުސް