ހެޔޮ ޢަމަލުކުރުން މާދަމާއަށް ތިއަ ފަސްކުރަނީ މާދަމާ ތިބާ ދުނިޔޭގަ ހުންނާނެކަން ޔަޤީންވާތީ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ހެޔޮ ޢަމަލުކުރުން މާދަމާއަށް ތިއަ ފަސްކުރަނީ މާދަމާ ތިބާ ދުނިޔޭގަ ހުންނާނެކަން ޔަޤީންވާތީ ހެއްޔެވެ؟

މާދަމާއަށް އެއްވެސްކަމެއް ލަސްކުރާނަމަ ކުރަންޖެހޭނީ ދުނިޔެއިން ޙާޞިލުކުރަން ބޭނުންވާ ކަންކަމެވެ! އާޚިރަތަށްޓަކައި ކުރަންޖެހޭ އެއްވެސް ކަމެއް މާދަމާއަށް ލަސްނުކުރާށެވެ! ދުނިޔެއިން ބޭނުންވާ ކަންކަން ނުކުރެވިހުރެ ދުނިޔެ ދޫކުރަން ޖެހުމުން ހިތާމަކުރާކަށް ނުޖެހޭނެއެވެ! ހިތާމަކުރަންޖެހޭނީ އާޚިރަތަށްޓަކައި ކުރަންޖެހޭ ކަމެއް ނުކުރެވި ދުނިޔެ ދޫކުރަން ޖެހިދާނެތީއެވެ! ހަމަ އެންމެ ކަމެއް ނަމަވެސްމެއެވެ! 

ޚަތިމްކުރަން ޤުރްއާން ކިތެވުމުގައިވެސް ބުއްދިވެރިންނަކީ މާދަމާ ކިޔަވަން ލަސްނުކޮށް މާދަމާ ކިޔަވަންޖެހޭ ބައި މިއަދު ކިޔަވާ މީޙުންނެވެ! ދަމުނަމާދު ކުރަން ފެށުންވެސް މާދަމާރެއަށް ލަސްނުކުރާށެވެ! 2 ރަކްޢަތުން ނަމަވެސް މިރޭ ފަށާށެވެ! މިވިތުރީގެ 3 ރަކްޢަތް މާދަމާރޭ ކުރުމުގެ ނިޔަތުގައި މިރޭ 1 ރަކްޢަތްނުކޮށް މިރޭވެސް 3 ރަކްޢަތް ހަމަކުރާށެވެ! ކޮންމެ އަޅުކަމެއްވެސް މިމޭރުމުން ކުރަމުން ގެންދާށެވެ! 

ޢިބްރަތް ޙާޞިލުކުރާށެވެ! ފަހުން ޞާލިޙް ހެޔޮ ޢަމަލުކުރަން ފަށަން ނިޔަތްގަނެގެން ތިބޭ ކިތައް މީޙުންނަށް އެފުރުޞަތު ނުލިބި އެބަ ދުނިޔެ ދޫކުރަންޖެހޭ ހެއްޔެވެ؟ އާޚިރަތުގައި ސަލާމަތްކަމަށް އެދޭ މީހާ ވާންޖެހޭނީ މާދަމާއަކީ ތިމާގެ ހަށިގަނޑު ފަސްގަނޑުގައި ވަޅުލެވޭނެ ދުވަސްކަމަށް ބަލައިގެން މިއަދު ކަންކަން ފުރިހަމަކުރާ މީހަކަށެވެ. 

އަހަރެމެންގެ އެންމެ ބޮޑު ބަލިފައަކީ ކޮންމެ ކަމެއް މާދަމާކުރަން ލަސްކުރެވޭ ކަމެވެ. ޔަޤީނުންވެސް މާދަމާ އަންާނެއެވެ. ނަމަވެސް ޔަޤީންނުވާކަމަކީ މާދަމާ އާއި ބައްދަލުވެދާނެކަމެވެ. މާދަމާއަށް ކަންކަން ކުރަން ލަސްކުރާ މީހާއަށް މާދަމާ އާއި ބައްދަލުނުވެއްޖެ ނަމަ އެމީހާގެ ހުރިހާ ކަމެއް އެހިސާބުން އެވަނީ ފޭލްވެފައެވެ. 

- ސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން