އެންމެ ހެޔޮ ޢަމަލެއް ކުރުމުގަ ނަމަވެސް ސާބިތުވެވިއްޖެނަމަ ސުވަރުގޭގެ ދޮރުކޮޅަކުން ވައްދަވާނެތެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
އެންމެ ހެޔޮ ޢަމަލެއް ކުރުމުގަ ނަމަވެސް ސާބިތުވެވިއްޖެނަމަ ސުވަރުގޭގެ ދޮރުކޮޅަކުން ވައްދަވާނެތެވެ! އިން ޝާ ﷲ

ދުނިޔެއާއި އާޚިރަތުގެ ކޮންމެ ކަމަކާއިމެދު ވިސްނިނަމަވެސް އަގުހުރި ފިލާވަޅުތަކެއް ލިބިގެންދާނެއެވެ. އެއްވެސް ސަބަބެއް ނެތި އެއްވެސް ކަމެއް ލައްވަވާފައެއް ނުވެއެވެ. އިންސާނާ އުފައްދަވައި ދުނިޔެއަށް ފޮނުއްވެވުނީވެސް ސަބަބަކަށްޓަކައެވެ. އެއީ ﷲ ތަޢާލާއަށް އަޅުކަންކުރުމެވެ. 

ސުވަރުގޭގައި 8 ދޮރުކޮޅު ހުރެއެވެ. އެއިން ކޮންމެ ދޮރުކޮޅެއް ވެސް ޚާއްޞްކުރެވިފައިވަނީ އަޅުކަމަކަށެވެ. ނަމާދުކުރި މީހުންގެ ދޮރުކޮޅު، ރޯދަހިފިމީހުންގެ ދޮރުކޮޅު" ފަދަ ނަންތަކެވެ. ސުވަރުގޭގައި އެންމެ ދޮރުކޮޅެއް ނުހުރެ 8 ދޮރުކޮޅުހުރެ އެ 8 ދޮރުކޮޅު، ކޮންމެވެސް އަޅުކަމަކަށް ޚާއްޞަ ކުރެއްވެވީ ކީއްވެގެން ހެއްޔެވެ؟ 

ރަސޫލް () އަށް ސުވަރުގެއިން ބިލާލުގެފާނުގެ ފައިންޕުޅުގެ އަޑު އިވިވަޑައިގަތެވެ! ބިލާލުގެފާނަށް އެފަދަ މަތިވެރި ދަރަޖައެއް ލިބިވަޑައިގަތީ ކޮން އަޅުކަމެއް ކުރައްވާތީތޯ ރަސޫލް () ސުވާލުކުރެއްވެވުމުން ސާބިތުކަމާއިއެކު ކުރައްވަވާ ޢަމަލެއް ކަމަށް ވިދާޅުވީ ފާޚާނާއަށް ވަޑައިގެންފި ނަމަ ކޮންމެ ފަހަރަކުވެސް ވުޟޫކުރައްވަވައި ދެ ރަކްޢަތް ނަމާދެއް ކުރެއްވެވުމެވެ. 

ބިލާލުގެފާނަކީ ހުރިހާ ހެޔޮ އމަލުތަކެއް ކުރެއްވެވި ބޭކަލެކެވެ. ނަމަވެސް އެންމެ ޤަވާއިދުކޮށް ކުރެއްވެވިކަމަށް ވިދާޅުވީ އެކަމެވެ! ވީމާ ބިލާލުގެފާނަށް އެފަދަ މަތީދަރަޖައެއް ލިބިވަޑައިގަތީ އެ ޢަމަލުގެ ސަބަބުންނެވެ! 

މިކަމުން އަންގައިދެނީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަމުން ހެޔޮ ޢަމަލުތަކުގެ ތެރެއިން ކޮންމެވެސް އެއް ޢަމަލެއް ކުރުމުގައި ސާބިތުވާންޖެހޭނެ ކަމެވެ. އެއިރުން ކޮންމެވެސް އެއް ދޮރުކޮޅަކުން އެމީހަކު ސުވަރުގެ ވައްދަވާނެ ކަމެވެ. 

ވީމާ ކޮންމެ މީހަކުވެސް ކުރެވުނުހައި ގިނަ އަޅުކަންކުރަން މަސައްކަތްކުރާށެވެ! ކޮންމެވެސް އެއް ހެޔޮ ޢަމަލެއް ކުރުމުގައި ސާބިތުވާށެވެ! އަދި ސުވަރުގެގޭގެ ދޮރުކޮޅަކުން ވަނުމަށް އުންމީދުކުރާށެވެ! މިކަމުގެ ދަލީލުލިބެނީ އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ މަދު ނަމަވެސް ޤަވާއިދުން ކުރާ ހެޔޮ ޢަމަލުކަން ޙަދީޘްފުޅުން އެނގެން އޮތުމުންނެވެ. 

Abu Huraira reported: The Messenger of Allah, peace and blessings be upon him, said, “Take up good deeds only as much as you are able, for the best deeds are those done regularly even if they are few.”

Source: Sunan Ibn Mājah 4240

Grade: Sahih (authentic) according to Al-Albani  

ވީމާ ކުރެވޭ ހެޔޮ ޢަމަލު މަދު ނަމަވެސް ކުރާ ޢަމަލުކުރުމުގައި ސާބިތުވާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން