ކޮންމެ ދުވަހަކު ޢަޞްރުނަމާދަށްފަހު މަހާނައަކުން ތެދުވެ ހިމާރެއްގެ އަޑުލައްވާ ހީމާރެއް ފަދައިން ބޯހުންނަ މީހާގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ކޮންމެ ދުވަހަކު ޢަޞްރުނަމާދަށްފަހު މަހާނައަކުން ތެދުވެ ހިމާރެއްގެ އަޑުލައްވާ ހީމާރެއް ފަދައިން ބޯހުންނަ މީހާގެ ވާހަކަ!

އަހުރެން ވަރަށް ގިނައިން މިވާހަކަ މީސްތަކުންނަށް އެބަހަނދާންކޮށްދެމެވެ. އެއީ މިއަދުގެ ޒުވާނުންނަށް އަންނަމުންމިދާ ނުބައި ބަދަލުގެ ސަބަބުން ކަންބޮޑުވާވަރުންނެވެ. މައިން ބަފައިން ހެޔޮ ނަޞޭޙަތް ދިނުމުން އެމީހުންނަށް ނުބައިބަސްބުނާކަމުގެ ޝަކުވާ މައިންބަފައިން ކުރާލެއް ގިނަކަމުންނެވެ. 

ކުޑަކުއްޖަކަށް މިއަދު މަންމައަކު ނަޞޭހަތް ދިންނަމަވެސް ބައެއް ކުދިން އެބަ ބުނެއެވެ. "ކަލޭތިއައީ މަށަށް ނަޞޭޙަތްދޭން ކާކު ހެއްޔެވެ؟" މިއީ މިއަދު ކަންކަން ހިނގަމުންދާ ގޮތެވެ. އެމީހުންނަށް މީހުންނަށްވަނީ ނުބައި އެކުވެރިންނެވެ. ޤަބޫލުކުރަނީ ނުބައި އެކުވެރިންގެ ބަހެވެ. އެއީ ޝައިޠޯނާ އެމީހުން އަޅުވެތިކުރުވާފައިވާތީއެވެ. 

މިކިޔައިދެނީ ޙާފިޛް އަލް މުޒާރީ، އޭނާގެ ޙަދީޘްފޮތް ތަރްޣީބް ވަތަރްޙީބްގައި ބަޔާންކުރައްވާފައިވެއެވެ. 

ރަށެއްގައި ކޮންމެ ދުވަހަކު ޢަޞްރުގެފަހުން މަހާނައަކުން ހިމާރެއްގެބޯ ފަދަ ބޮލެއް ހުންނަ މީހަކު ތެދުވެއެވެ. (ނުކުމެއެވެ.) އަދި ހިމާރެއްގެ އަޑުން 3 ފަހަރު ގޮވާލުމަށްފަހު މަހާނަތެރެއަށް ގެނބިގެންދެއެވެ. 

އެކަމާއިމެދު ސުވާލުކުރެއްވުމުން އެރަށުގެ މީހުން ކިޔައިދިނެވެ. "އޭނާއަކީ މަސްތުގެ ހާލުގައި ހުރެ ދަންވަރު ގެއަށްދާ މީހެކެވެ. ގެއަށް ދިއުމުން ކޮންމެ ރެއަކުވެސް އޭނާގެ މަންމަ އޭނާއަށް ހެޔޮ ނަޞޭޙަތްދެއެވެ! މަސްތުވުމަކީ ހުރިހާ ނުބައިކަމެއްގެ މަންމަކަމުގައި ބުނެ އެ ނުބައި ޢަމަލުން ދުރުހެލިވުމަށް ނަޞޭޙަތްދެއެވެ. އަދި ﷲ ތަޢާލާއަށް ބިރުވެތިވެ ތަޤްވާވެރިވުމަށް ނަޞޭޙަތްދެއެވެ. ނަޞޭޙަތް ދިނުމުން އޭނާގެ ޖަވާބަކަށްވަނީ އޭނާއާ ދިމާއަށް ހިމާރުގެ އަޑު ނުނެރުމަށް މަންމައަށް ބުނުމެވެ." 

މިއަދުގެ ޒުވާނުން މިކުރަނީ ކޮންކަމެއް ހެއްޔެވެ؟ މިބުނަނީ ހަމަ އެފަދަ ބަސްތަކެއް ނޫންހެއްޔެވެ؟ ތަފާތުވަނީ ބުނާ ޢިބާރާތެވެ! ބުނެވެނީ އެއް ޒާތެއްގެ ބަސްތަކެކެވެ. ބިރުވެތިވާށެވެ! މިފަދަ ކަންކަން މިޒަމާނުގައި ނުފެނުމަކީ މިފަދަ ކަންކަން މިއަދު ނުވާނެ ކަމަށް ޤަބޫލުކުރަންޖެހެންވީ ސަބަބެއް ނޫނެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން