ޢާއިލީ މީހުންނަށް ޖިންސީގޯނާކުރާ މީހުން ރިޕޯޓްނުކޮށް ދޫނުކުރާށެވެ! އެމީހުން އެކުރަނީ އިސްލާމްދީނަށް ފުރައްސާރައެކެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ޢާއިލީ މީހުންނަށް ޖިންސީގޯނާކުރާ މީހުން ރިޕޯޓްނުކޮށް ދޫނުކުރާށެވެ! އެމީހުން އެކުރަނީ އިސްލާމްދީނަށް ފުރައްސާރައެކެވެ!:  މުފްތީ މެންކް

އަޅުގަނޑުގެ ޢާއިލާގެ އިސްމީހަކު ޢާއިލާގެ އަންހެނަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ރިޕޯޓްކުރީ އަޅުގަނޑުކަން އެނގިގެން އެއްބައަކި ކިޔަނީ އަޅުގަނޑު އެކުރީ ވަރަށް ނުބައިކަމެއް ކަމަށެވެ. އެމީހުން ކުށްވެރިކުރަނީ އަޅުގަނޑެވެ. އަޅުގަނޑަށް އެކުރެވުނީ ކުށެއްތޯއެވެ؟

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެކަމަށް ހީކުރަމެވެ.

އިންސާނުންގެ ޢަމަލުތައް ވަލު ޖަނަވާރުންނަށްވުރެ ދަށުދަރަޖައަށް ވައްޓާލައި އަމިއްލަދަރިންނަށާއި ޢާއިލާގެ މީޙުންނަށް ޖިންސީގޯނާކުރާ މީހުން އެބައުޅެއެވެ. އެފަދަ ޢަމަލެއްކޮށްފިނަމަ ރިޕޯޓްނުކޮށް ދޫނުކުރާށެވެ! އެއީ އެއްވެސް ޙާލެއްގައި އެމީހުންނަށް ގެއްލުން ދިނުމަކަށް ނޫނެވެ. އެއީ އެމީހުން އިޞްލާޙްކުރަންޖެހޭތީއެވެ. ރިޕޯޓުކުރުމުގައި އެއްވެސް މީހެއްގެ މޫނަށް ނުބަލާށެވެ!

އެފަދަ މީހުން އެކުރާކަމަކީ ﷲ ތަޢާލާއަށާއި އިސްލާމް ދީނަށް ފުރައްސާރަކުރުމެވެ. މަލާމާތްކުރުމެވެ. ނަމަވެސް ޙަޤީޤަތުގައި އެކުރާ މަލާމާތް ރައްދުވަނީ ހަމައެމީހަކަށެވެ. އަގުވެއްޓި މުޖުތަމައުން ބާކީވެގެންދަނީ އެމީހުންނެވެ. އެފަދަ މީހުންނަކީ ﷲ ތަޢާލާގެ ގަދަފަދަ ޢަޛާބަށް އަމިއްލައަށް ހުށްހޮޅިގަންނަ މީހުންނެވެ.

އެންމެހައި ފާހިޝް ޢަމަލުތައް އިސްލާމް ދީނުގައި ވަނީ ޙަރާމްކުރައްވަވައިފައެވެ. އަދި މީސްތަކުން ލައްވަވާފައިވަނީ އެކަކު އަނެކެއްގެ ބެލެނިވެރިން ކަމުގައެވެ. މައިންބަފައިން އެކަންޏެއް ނޫނެވެ. ޢާއިލާގެ ކޮންމެ މީހަކީވެސް އަދި ކޮންމެ އިންސާނަކީ ވެސް އޭނާގެ އަޚާގެ ބެލެނިވެރިއެކެވެ. ހިމާޔަތާއި ރައްކައުތެރިކަން ފޯރުކޮށްދޭންޖެހޭނެ މީހެކެވެ. އިންސާނީ ކަރާމާތް ނަގަހައްޓައި މަތިވެރިކުރުމަކީ އިސްލާމްދީން އެންމެ ބޮޑަށް ބާރުއަޅާކަންތަކެވެ.

ވީމާއިސްލާމްދީނުގައި ޙަރާމްކުރައްވަވާފައިވާ ބޮޑުފާފައެއް ކުރުމުންއެނގިގެންދަނީ އެމީހާގެ ކިބައިގައިހުރި ޖާހިލުކަން ބޮޑުކަމެވެ. އިސްލާމް ދީނަށް ފުރައްސާރައަކަށްވާނީ އިސްލާމް ދީނުގައި އެކަން ޙަރާމްކުރައްވަވާފައިނުވާނަމައެވެ.

އެމީހުންނަށް އެކުރެވޭ ނުބައިކަންބޮޑު ޢަމަލުކުރުން ހުއްޓުވައި އިޞްލާޙްކުރެވޭނީ އިސްލާމް ދީނުގައިވާމަގުން ޙައްޤު އަދަބުދީގެންނެވެ. ﷲ ތަޢާލާ ބައިވައިލެއްވެވި ޙައްދުތައް ޤާއިމުކޮށް ތަންފީޒުކޮށްގެންނެވެ! އެކަންކުރުމުގައި އެއްވެސް މީހަކު އިސްތިސްނާ ކުރުމަކީވެސް ﷲ ތަޢާލާގެ ޙައްޤުތަކަށް އަރައިގަތުމެވެ. ﷲ ތަޢާލާ ބާވައިލެއްވެވި ޙައްދުތައް ތަންފީޒުކުރުމަކީ ކަމާއިބެހޭ ފަރާތްތަކުން ކޮންމެހެންވެސް އަދާކުރަންޖެހޭނެ ﷲ ތަޢާލާގެ ޙައްޤުފުޅެކެވެ.

އެފަދަ ފާފަތައްކުރާ މީހުން ހިމާޔަތްކޮށް މައުލޫމާތު ސިއްރުކުރުމެއް ނެތެވެ! އޮތީ މީހުން ގިނަ ތަންތަނަށްނުރެ ޙައްދު ޤާއިމުކުރުމެވެ. އެމީހުން ފަޟީޙަތްކުރުމެވެ. ރޭޕްކުރުން ފަދަ އަމަލުތައް ކުރުމުން އޮތީ މީސްތަކުންގެ ކުރިމަތީގައި މަރުގެ އަދަބު ދިނުމެވެ!

--މުފްތީ މެންކުގެ ދަރުސެއް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެއް

މިއަދު އޮންލައިން