ހިރަޤުލްއަށް ޙައްޤު މަގު އެނގި ސުވަރުގެ ބޭނުންވި! ނަމަވެސް ޤަބޫލުނުކުރީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ހިރަޤުލްއަށް ޙައްޤު މަގު އެނގި ސުވަރުގެ ބޭނުންވި! ނަމަވެސް ޤަބޫލުނުކުރީ ކީއްވެ؟

އެމީހެއްގެ ހިތުގައި ވެރިކަމަށް ދަހިވެތިކަން ބޮޑުވެއްޖެނަމަ ޙައްޤުމަގުގައި އޮންނާނީ ޘާބިތުނުވެވިފައެވެ. މަޝްހޫރު ހިރަޤުލްގެ ވާހަކައަކީ މިގޮތުން ވަރަށް ޢިބްރަތްތެރިވާހަކައެކެވެ. 

ހިރަޤުލް ސުވަރުގެ ބޭނުންވިއެވެ! އެކަންދޫކޮށްލީ ބޮޑުންގެ އަވާގަޖެހުމުން ވެރިކަމުގެ ދަހިވެތިކަމުގައެވެ.! 

އެމީހާގެ ރަޙުމަތްތެރިންނާ އެމީހާގެ ޤަބީލާއާއި ޤައުމުގެ މީހުންނާއި އޭނާގެ މުދަލާއި ޖާހު މެދު އޭނާގެ ނަފްސުގެ މައްޗަށް (އެ ތަކެއްޗާއި މެދު) ބިރުގަނެއްޖެ ނަމަ، އެއީވެސް ޙައްޤު ޤަބޫލުކުރުމަށް އެޅިގެން ދާނޭ ހުރަހެކެވެ. 

އެއީ ނަޞާރާއިންގެ ރަސްކަލުން ހިރަޤުލްއަށްވެސް ވި ގޮތެވެ. 

އެއީ އޭނާ ރަސޫލާ ދިރިހުންނެވިއިރު ޝާމްކަރައިގައި ވެރިކަމުގަ ހުއްޓާ، ރަސޫލާ ދަޢުވަތުދެއްވުމުން ޙައްޤު ޤަބޫލުނުކުރާން އިތުރު ބާރެއްލިބުނެވެ. 

ފަހެ އެއީ ހިރަޤުލްއަށް ޙައްޤު އެނގި އިސްލާމްދީނަށް ވަންނަންވެސް ޤަސްދުކުރިއެވެ.

އެކަމަކު އޭނާގެ ޤައުމުގެމީހުން އެކަމަށް އެއްބާރުލުމެއް ނުދިނެވެ. 

އެހެންކަމުން ހިރަޤުލްގެ ނަފްސުގެ މައްޗަށް އެމީހުންދެކެ ބިރުގަތުން އިސްކުރިއެވެ. ފަހެ އެހިނދު އޭނާއަށް ޙައްޤު ބަޔާންވެފައިވާ ޙާލު އިސްލާމްކަމުގެ މައްޗަށް ކުފުރު އޭނާ އިސްކުރިއެވެ.

މިއީ އަލް އިމާމް އިބްނުލް ޤައްޔިމް ރަޙިމަހުﷲ އެބޭފުޅާގެ ފޮތް 'ހިދާޔަތުލް ޙަޔާރާ' ގައި "އަދި ޙައްޤަކީ ޙައްޤުކަން ޤަބޫލުކުރުމަށް ދަތިވެ އެޤަބޫލުކުރުމުން މަނާކޮށް ހުރަސް އަޅާ އެތަށް ސަބަބުތަކެއްވެއެވެ!" މައުޟޫގެދަށުން ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.

 

- ތަރުޖަމާ: ޝައިޚް މުޙައްމަދު ޝާފިޢު

 

މިއަދު އޮންލައިން