އުފާވެރިކަން ހޯދުމަކީ ހަމައެކަނި ފިރިންނަށް އޮތް ކަމެއް ނޫން! އަނބިމީހާއަށް ރޭކޮށްނުދިނުމަކީ ކުރާ ބޮޑުފާފައެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
އުފާވެރިކަން ހޯދުމަކީ ހަމައެކަނި ފިރިންނަށް އޮތް ކަމެއް ނޫން! އަނބިމީހާއަށް ރޭކޮށްނުދިނުމަކީ ކުރާ ބޮޑުފާފައެއް!: މުފްތީ މެންކް

ބައެއް ފިރިހެނުން އިތުރު އަނބިން ހޯދަމުން އަދި ހިލޭ އަންހެނުންގެ ގާތަށް ދަމުންވެސް ދައްކާނީ އެމީހުންނަށް ކަންތައްތަކަކަށް ބޭނުންވެ ބޭނުންވާވަރަށް ނުފުދިގެން އުޅޭ ވާހަކައެވެ. އިތުރު ކައިވެނިކުރަނީ އެހެން ގޮތް ގޮތުން ކަންކަން ކުރަނީވެސް އެމީހުންނަށް ލިބެންޖެހޭ އުފާވެރިކަން ނުލިބިގެން ކަމަށެވެ.  

މިފަދަ ގޮތްގޮތަށް ވާހަކަ ދައްކާ ބައެއް ފިރިން އެމީހުންނާށއިއެކު ރޭނުކޮށް މަސްދުވަސް އެބަ ދުއްވާލައެވެ. ބަލަ އޭނާވެސް ކަންކަމަށް ބޭނުންވާ ފަދައިން އަނބިމީހާ ވެސް ކަންކަން ބޭނުންނުވާނީހެއްޔެވެ؟ އޭނާގެ ބޭނުންތައް ފުއްދައިދޭންހުރީ ފިރިމީހާ ފިޔަވައި ކާކުހެއްޔެވެ؟  

މިއީ މިފަދަ ގޮތްގޮތަށް ޢަމަލުކުރެވޭ ފިރިހެނުންކުރާ ވަރަށް ބޮޑު ނުބައިކަމެކެވެ. ބޮޑުފާފައެކެވެ. ދެވަނަ އަންބެއްގެ ވިސްނުން ގެންނަން ޖެހޭނީވެސް އަނބިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމަސްފަހުގައެވެ. އަނބިމީހާގެ ކިބައިން ތިބާ ބޭނުންވާ ވަރަށް ކަންކަން ނުފުދޭނަމައެވެ. ޚާއްޞަކޮށް ދެވަނަ އަންތބަކު ބެލެހެއްޓުމުގެ ޤާބިލުކަން ތިމާގެ ކިބައިގައި ހުރިނަމައެވެ. މިހާރު ތިބި އަނބިދަރިންނަށް ކުރަންޖެހޭ ޚަރަދުތައް ކުރަމުން އެމީހުންނަށް އެއްވެސް ކަމެއް އުނިނުކޮށް ދެވަނަ އަނބިމީހާގެ ބޭނުންތައް ފުއްދައިދެވޭނެ ނަމައެވެ.  

މިބާވަތުގެ ވާހަކަތައް ދައްކާތީ އަހުރެން ދައްކާ ވާހަކަ ކަމުނުދާ މީހުންވެސް އުޅެއެވެ. އެއީ އަހުރެން ކަންބޮޑުވާ ކަމެއް ނޫނެވެ. މިދައްކަނީ ހަމަ ދީނީ ވާހަކަތަކެވެ.  އެއްމުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤުތަކުގެ ވާހަކައެވެ. އަދާނުކުރުމުން ފާފަވެރިވާނެ ކަންކަމުގެ ވާހަކަތަކެވެ. އެއިގެ އިތުރުން ޢާއިލާތައް ރޫޅި ދަރިންތައް މަގުމަތިވެ މުޖުތަމަޢުގައި ބޮޑެތި މައްސަލަތައް އުފެދި އިތުރުވަމުން އަންނަ ކަންކަމުގެ ވާހަކަތަކެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން