މީހަކު މަރުވާ ވަޤުތު ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ ބައެއް ކަންކަން: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
މީހަކު މަރުވާ ވަޤުތު ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ ބައެއް ކަންކަން: ޢުމަރު ސުލައިމާން

މަރުގެ މަލާއިކަތާ މީހުންގެ ފުރާނަ ހިއްޕަވާ ވަޤުތަކީ ވަރަށް ޚާއްޞަ ވަޤުތެކެވެ. އެމީހެއްގެ މޫނަށް އަންނަ ބަދަލުތަކުން ވަޒަންކުރެވޭނެ ކަންތައްތަކެއް ހުންނާނެއެވެ. އެކަންކަން ފާހަގަކުރެވޭނީ މީހުން މަރުވާތަން ގިނައިން ފެންނަ މީހުންނަށެވެ. ކޮންމެ ގޮތަކަށް ފާހަަގކުރެވުނަސް އެއްވެސް މީހަކު މަރުވުމަށްފަހު އަމިއްލައަށް ގޮތް ނުނިންމާށެވެ! އޭނާގެ ފުރާނައަށް ހުރީ ހެޔޮ ރަޙްމަތްކަން ނުވަތަ ނޫންކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.  

މީހުންގެ ފުރާނަ ހިއްޕެވުމާއިއެކު އެމީހާގެ ކަލި މައްޗަށްވާގޮތަށް ހުއްޓެއެވެ. އެއީ އޭނާގެ ފުރާނަ ހިއްޕަވައިގެން މަލާއިކަތުން ވަޑައިގަންނަވާތަން އޭނާގެ ލޮލަށް ފެންނާތީއެވެ. ސުންނަތުގައި އޮތީ އޭނާގެ ލޯމަރައިލުވުމެވެ.  

ކޮންމެ މީހެއްގެ ފުރާނަ ހިއްޕަވާ ވަގުތުގައިވެސް ޚާއްޞަ މަލާއިކަތުންތަކެއް އެތަނުގައިވާނެއެވެ. ވީމާ މައްޔިތާ އާއިބެހޭ ގޮތުން ނުބައިބަހެއް ނުބުނާށެވެ. ނުބައި ދުޢާއެއް ނުކުރާށެވެ. ހެޔޮބަސްބުނެ ހެޔޮދުޢާ ކުރާށެވެ! އެއީ އެމަލާއިކަތުން އާމީންވިދާޅުވާނެ ކަމަށްޓަކައެވެ.  

މިކަންކަން އެނގިގެންދިއައީ އަބޫ ސަލަމާ (ރޢ) އަވަހާރަވި ވަޤުތު ރަސޫލް އެތަނުގައި ހުންނަވައި ކުރެއްވެވި ޙަދީޘްފުޅުންނެވެ. އަބޫ ސަލަމާއަށްޓަކައި ރަސޫލް ވަނީ ވަރަށް ހެޔޮދުޢާއެއް ކޮށްދެއްވަވައިފައެވެ.  

އެދުޢާގައި އަބޫ ސަލަމާގެ ފާފަތައް ފުއްސަވައިދެއްވެވުމަށާއި ހެޔޮލަފާ ޞާލިޙް އަޅުންގެ ތެރެއިން އަބޫ ސަލަމާގެ ދަރަޖަ މަތިކުރައްވަވައި ދެއްވެވުމަށާއި ކައްވަޅު ތަނަވަސްކޮށްދެއްވެވުމަށާއި ކައްވަޅު އަލިކޮށްދެއްވެވުމަށާއި ޢާއިލާގެ (ދުނިޔޭގައި ތިބި) މީހުންނަށް ހެޔޮ ރަޙްމަތް ލެއްވެވުމަށް އެދިވަޑައިގެންނެވިއެވެ. 

މިއީ އަހަރެމެންވެސް ކަންތައްކުރަންވީ ގޮތެވެ. މީހަކު މަރުވުމުން އެތަނުގައި ތިބެގެން އޭނާއަށްޓަކައި ހެޔޮބަހެއް ނޫނީ ނުބުނާށެވެ. ހެޔޮދުޢާއެއް ނޫނީ ނުކުރާށެވެ.  

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން