ޝައިޠޯނުންތަކާ ސިޙުރުހާހޫރައާ އެސްފީނާއިން ސަލާމަތްވެވޭނެ ގޮތް އެނގެން އޮތްއިރު ޢަމަލުނުކުރުމުން ކަންކަން ޖެހުނީމާ އެއީ އަމިއްލައަށް ލިބިގަންނަ އަނިޔާއެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ޝައިޠޯނުންތަކާ ސިޙުރުހާހޫރައާ އެސްފީނާއިން ސަލާމަތްވެވޭނެ ގޮތް އެނގެން އޮތްއިރު ޢަމަލުނުކުރުމުން ކަންކަން ޖެހުނީމާ އެއީ އަމިއްލައަށް ލިބިގަންނަ އަނިޔާއެއް!: މުފްތީ މެންކް

އަހަރެމެން ކޮންމެ މީހަކަށްވެސް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ ޝައިޠޯނާ އާއި ޝައިޠޯނުންތަކުގެ ކިބައިން ސަލާމަތްވުމެވެ. އެކަމަށް ކިޔަންޖެހޭ ޛިކުރުތައް ކިޔަން ބުނުމުން ނުއެނގޭ ކަމަށް އެބަބުނެއެވެ. ވަޤުތު ނުވާކަމަށްވެސް އެބަ ބުނެއެވެ. ނަމަވެސް އެއީ އެއްވެސް ޙާލެއްގައި މުޅިން ރަނގަޅުވާހަކައެއް ނޫނެވެ.

އަހަރެމެންގެ ތެރޭގައި އާޔަތުލްކުރުސި އާއި އިޚްލާޞް، އަލްފަލަޤް، އައް ނާސް ސޫރަތް ސޫރަތް ހިތުން ނުދަންނަ މީހަކު ވަރަށް މަދުވާނެއެވެ. ދަސްކުރަން މަސައްކަތްކޮށްފިނަމަ އެއީ ދަސްކުރަން އުނދަގޫ ސޫރަތްތަކެއްވެސް ނޫނެވެ.  

އާޔަތުލްކުރުސި، އިޚްލާޞް، އަލް ފަލަޤް، އައް ނާސް ސޫރަތް ދެއިރު 3 ފަހަރު ކިޔަވާ މީހުން ތިބޭނީ ޝައިޠޯނާ އާއި ޝައިޠޯނާގެ ފައުޖުގައި ހިމެނޭ ޝައިޠޯނުންތަކުގެ ކިބައިން ސަލާމަތްކަން ލިބިގެންނެވެ. އިން ޝާ ﷲ  

ޝައިޠޯނުންތަކާއި ސިޙުރުހާހޫރައާއި އެސްފީނާގެ އުނދަގޫތަކުން ސަލާމަތްވާން މިއީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ކަންނެތްވެ ފަރުވާ ކުޑަކޮށްލައިގެން ހުންނަ މީހާއަށް މުޞީބާތެއް ޖެހުނީމާ ކަންބޮޑުވުމުގެ ބޭނުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެކަންވާނީ އެމީހަކު ފަރުވާކުޑަކުރުމުން އަމިއްލައަށް ލިބިގަތް ކަމަކަށް ނޫންހެއްޔެވެ؟  

މިކަން ކުރަންވީ ކަމެއް ޖެހުމަކުންނޫނެވެ. މުޅި ޢުމުރުގައިވެސް ކުރަމުންގެންދާށެވެ. ހުރިހާ ނުބައި ކަމަކުން ރައްކައުތެރިވެ ތިބެވޭނެ މަގު ﷲ ތަޢާލާ ވަނީ ދައްކަވައިފައެވެ. ރައްކައުތެރިކަން ލިބުން އޮތީ އެކަމަށް އެދިގެން މަސައްކަތްކުރުމުންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން