އެހެންމީހުންގެ ހިތުގަ ޖައްސުވާ ހިތްދަތިކުރާ މީހުން ﷲ ދޫނުކުރައްވަވާނެ! މުއްދަތެއް ދެއްވެވުމަށްފަހު ދުނިޔޭގަވެސް ޢުޤޫބާތް ދެއްވަވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
އެހެންމީހުންގެ ހިތުގަ ޖައްސުވާ ހިތްދަތިކުރާ މީހުން ﷲ ދޫނުކުރައްވަވާނެ! މުއްދަތެއް  ދެއްވެވުމަށްފަހު ދުނިޔޭގަވެސް ޢުޤޫބާތް ދެއްވަވާނެ!: މުފްތީ މެންކް

މީހެއްގެ ޙައްޤަކަށް އަރައިގަތުމަކީ ހަމައެކަނި މުދައުތަކެއް ދަމައިގަތުމެއް ނޫނެވެ. އަނެކާ ދެރަކޮށް ހިތުގައި ޖެއްސުވުމަކީ ވެސް ހަމަ އޭނާގެ ޙައްޤުތަކަށް އަރައިގަތުމެވެ. މީސްތަކުންގ ހިތުގައި ޖައްސުވާމީހުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިނުގަންނަވާތެވެ! އެކަން އެނގެނީ މީސްތަކުންގެ ތެރެއިން އެންމެ ރަނގަޅު މީހަކީ އެހެން މީހުންނަށް އަޅައި އެހީތެރިވާ މީހާކަމުގައި އޮތުމުންނެވެ! އެފަދަ މީހުންނަށް އެހީތެރިވެވޮޑިގަތުންމަތީގައި ﷲ ތަޢާލާ ދެމިވޮޑިގެން ހުންނަވާނެތީއެވެ! 

މީސްތަކުންގެ ޙައްޤުތަކަށް އަރައިގަންނަން މިއަދު ޖެހިލުންވަނީ މަދުމީހެކެވެ. ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އެއީ އެއްވެސް ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެއީ މީހަކަށް ކުރެވޭނެ އެންމެ ނުބައި އެއް ޢަމަލެވެ. 

މީހެއްގެ ޙައްޤަކަށް އަރައިގަތުމުން ނުވަތަ މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމުން އެމީހަކު ދޫކުރައްވަވާނެ ކަމަށް ހީކުރަނީހެއްޔެވެ؟ ދުލެއް ނުކުރައްވަވާނެތެވެ! މީސްތަކުންގެ ޙައްޤުތަކަށް އަރައިގަންނަ މީހުންނަށް ވަގުތުން މުޞީބާތް ނުޖއްސަވައި މުޙުލަތު ދެއްވަވައެވެ. އެއަސްފަހު އެމީހަކަށް ހީވެސް ނުކުރެވޭނެ ފަދަ ގޮތްތަކުން މުޞީބާތްތައް ކުރިމަތިކުރައްވަވަތެވެ! 

ކިތަންމެ ބޮޑު ފާފަކުރާ މީހުންނަށްވެސް ﷲ ތަޢާލާ ފުރުޞަތު ދެއްވަވައެވެ! ނަމަވެސް ވަކިމުއްދަތަކަށްފަހު އެމީހާއަށް ތަކްލީފްތައް ކުރިމަތިކުރައްވަވަތެވެ! ބައެއް ފަހަރު ކުރިމަތިކުރައްވަވާ ކަންކަމުގެ ސަބަބުން މުޅި ޢުމުރަށް ހިތާމަކުރަންޖެހޭ ފަދަ ކަންކަންވެސް މެދުވެރިކުރައްވަވަތެވެ! ވީމާ ވިސްނައި ހޭލުންތެރިވާށެވެ! 

އުފަލުގައި ދުނިޔޭގައި އުޅެން ބޭނުންނަމަ، ފާފަވެރިވެ، ﷲ ތަޢާލާގެ ޢުޤޫބާތް ބޭނުންނުވާނަމަ އެއްވެސް މީހެއްގެ ހިތްދަތިވާނެ ކަމެއް ނުކުރާށެވެ! އިސްލާމް ދީނުގައި ނެތް ގޮތަކަށް އެއްވެސް މީހަކާއިމެދު ޢަމަލުނުކުރާށެވެ! އަނިޔާވެރި އެއްވެސް އަމަލެއް ނުހިންގާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން