ތަންދޮރު އޮޅުންފިލާ މީހުން އަނެކާ ނިކަމެތިކޮށް އަގުވައްޓާލުމުގެ ފާފަ ވަކިންބޮޑެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ތަންދޮރު އޮޅުންފިލާ މީހުން އަނެކާ ނިކަމެތިކޮށް އަގުވައްޓާލުމުގެ ފާފަ ވަކިންބޮޑެވެ!: މުފްތީ މެންކް

"ޚިޔާލުތަފާތުވުމަކީ މައްސަލައެއް ނޫނެވެ! ޚިޔާލުތަފަތުވިޔަސް އަނެކާ ނިކަމެތިކުރުމުގެ ބަހެއް ބުނުމަކީ ފާފައެކެވެ. ތަންދޮރު އޮޅުންފިލާ މީހުން އަނެކާ ނިކަމެތިކޮށް އަގުވައްޓާލުމުގެ ފާފަ ވަކިންބޮޑެވެ! މިފަދަ ކަންކަމާ ދުރުހެލިވާށެވެ! އެހެން މީހުންގެ އަގު އުފުލާމީހަކަށްވާށެވެ!" -- މުފްތީ މެންކް

މިއީ އަޅުގަނޑުމެންގެ ތެރެއިންވެސް ވަރަށް ގިނައިން ފެންނަކަމެކެވެ. އެކުވެރިންގެ ތެރެއިންވެސްމެއެވެ. ރަނގަޅަށް ކަންކަން އޮޅުން ނުފިލައި ހުރެ މީހަކަށް ބަހެއް ބުނެވިއްޖެނަމަ އެތަނުގައި ތިބޭ މީހުން އޭނާގެ އަގު ވައްޓާލުމެވެ. އޭނާއަކީ އެއްވެސް ކަމެއް ނުއެނގޭ ކަމަށް ހަދައި ނިކަމެތިކޮށްލުމެވެ.

އެމީހަކަށް ނުއެނގޭ، ތަޤީންނުވާ ކަންކަމުގެ ވާހަކަ ދެއްކުމެއް ނެތެވެ. އެހެނަސް އެމީހަކަށް އެނގިފައި އޮންނަ އޮތުމުގެ މައްޗަށް ބުރަވެ ބައެއް ފަހަރު ބަސް ބުނެއެވެ. އެފަދަ ކަމެއް ދިމާވެއްޖެނަމަ އޮތީ އެމީހަކު ދެރަކޮށް ނިކަމެތިކޮށްލުމެއް ނޫނެވެ. ކަމުގެ ރަނގަޅު ގޮތް ބުނެދިނުމެވެ.

ޤަބޫލުކުރަންވީ ތިމާއަށްވެސް ހުރިހާ ކަންކަން ނުއެނގޭނެކަމެވެ. ނުއެނގޭ އެތައް ބައިވަރު ކަންކަން ހުންނާނެ ކަމެވެ. އެއްވެސް މީހަކީ ހުރިހާ ކަންކަން އެނގޭނެ މީހެއް ނޫނެވެ. ވިސްނައިލަމާ ހިނގާށެވެ. ހުރިހާ ކަންކަން އެންމެ މޮޅަށް އެނގިވަޑައިގެންނެވި އިންސާނަކީ ރަސޫލް ﷺ އެވެ. އެކަމަކު އިތުރު އެކަލޭގެފާނަށްވެސް ﷲ ތަޢާލާގެ ވަޙީބަސްފުޅަށް އިންތިޒާރުކުރައްވަން ޖެހިވަޑައިގެންނެވި އެތައް ކަމެއް ކުރިމަތިވެވަޑައިގެންނެވިއެވެ.

ވީމާ ތިމާއަށް ކަމެއް އެނގިފައި އޮތުމަކީ ފަޚުރުވެރިވާންޖެހެންވީ ކަމެއް ނޫނެވެ. އެއީ ތިމާއަށް ﷲ ދެއްވެވި ނިޢްމަތެއްކަން ޤަބޫލުކޮށް ޝުކުރުވެރިވެ ތިމާއަށް އެނގޭ ކަންކަން އެހެންމީހުންނަށް އުނގަންނައިދޭށެވެ. އެއިރުން އެކުރެވެނީ އަޅުކަމެކެވެ.

ފަށަމުން މަޝްހޫރު ޢިލްމުވެރިޔާ މުފްތީ މެންކުގެ އެބަސްފުޅު ފާހަގަކޮށްލީ ވިދާޅުވެފައިވާ ބަސްފުޅު ފުރިހަމަކަމުންނެވެ. އެއީ ކަންއޮތްގޮތް ކަމުގައި ވާތީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން