"އަހަރެންގެ 9 އަހަރުގެ ފިރިހެން ދަރިއަކު ހުރެއެވެ. ރޭގަނޑު އޭނާ ބިރުން އުޅެއެވެ. ނިދީގައި ތުރުތުރު އަޅައެވެ. އަދި އެގޮތަށް ދިމާވެފައި ޖުނުބުވެރިވެސްވެއެވެ. 7 އަހަރުގެ އަނހެން ދަރިފުޅަށްވެސް މިފަދަ ކަންކަން އެބަ ދިމާވެއެވެ. ޙައްލަކީ ކޮބައިހެއްޔެވެ؟"
މިފަދަ ސުވާލުތައް ވަރަށް ގިނައިން މީހުން ކުރެއެވެ. އަހަރެން އެމީހުންނާ ފުރަތަމަވެސް ކުރާ ސުވާލަކީ އަޑުއިއްވައި ތިބާގެ ދުލުން ގޭގައި ބަޤަރާ ސޫރަތް ކިޔަވަންހެއްޔެވެ؟ އަދި ކުދިން ލައްވައި ހެނދުނާއި ހަވީރު އާޔަތުލްކުރުސި (3 ފަހަރު) ކިޔަވަމު ހެއްޔެވެ؟ ނިދުމުގެ ކުރިން ކިޔުއްވަމު ހެއްޔެވެ؟
Abu Huraira reported: The Messenger of Allah, peace and blessings be upon him, said, “Do not turn your houses into graveyards. Verily, Satan flees from the house in which Surat al-Baqarah is recited.”
Source: Ṣaḥīḥ Muslim 780
Grade: Sahih (authentic) according to Muslim
ބައެއް މީހުން ގޭގައި ބަޤަރާ ސޫރަތް ޖަހާފައި ހުރެއެވެ. ނަމަވެސް އެކަމުން މައްސަލަ ޙައްލެއް ނުވެއެވެ. ޤުރްއާން ކިޔެވުމަކީ ތިމާ ކުރަންޖެހޭ އަޅުކަމެކެވެ. އަޅުކަމެއް ކުރިކަމަށްވާނީ އެމީހަކު އެކަމެއް ކުރުމުންނެވެ. ވީމާ ރެކޯޑިންގ ޖަހާފައި ބަހައްޓަންވީވެސް ކިޔަވަމުންނެވެ. ހަމައެކަނި ރެކޯޑިންގ ޖަހާފައި ބެހެއްޓުމްކުން ކިޔެވުމުން ކުރާ ފައިދާއެއް ނުކުރާނެއެވެ. ޙާޞިލުކުރަން ބޭނުންވާ މަޤްޞަދު ޙާޞިލެއް ނުކުރެވޭނެއެވެ!
ކޮންމެ މީހަކުވެސް ކުރަން އެންމެ ބޮޑަށް ބޭނުންވާނެ ކަމަކީ އެމީހެއްގެ ދިރިއުޅުން އުފާވެރިކުރުމެވެ. ދިރިއުޅުން އުފާވެރިކުރުމަށް ދެކަމަކަށް މަސައްކަތްކުރަން ޖެހެއެވެ. ފުރަތަމަ ކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމެވެ. ދެވަނަ ކަމަކީ އެސްފީނާ އާއި ސިހުރާއި ޖިންނި ޝައިޠޯނުންގެ ކިބައިން ސަލާމަތްވާން މަސައްކަތްކުރުމެވެ.
އެސްފީނާ އާއި ސިހުރާއި ޖިންނި ޝައިޠޯނުންގެ ކިބައިން ސަލާމަތްވާން ކުރަން އޮތް އެންމެ މުހިންމު ކަމަކީ ދިރިއުޅޭގެއާއި އެއިން އެއްވެސް ކަމެއް ކައިރިވިއަ ނުދިނުމެވެ. އެކަމަށް ވަރަށް ފަސޭހަ މަގެއް ﷲ ތަޢާލާ ވަނީ ދައްކަވައިދެއްވަވައިފައެވެ.
ރަސޫލް (ﷺ) ޙަދީޘްފުކުރައްވަވާފައިވަނީ ބަޤަރާ ސޫރަތް އެގެއެއްގައި ކިޔަވާނަމަ ކިޔަވާމީހާގެ އިތުރުން އެގެއަކަށްވެސް ބަރަކާތް ލައްވަވާނެ ކަމަށެވެ. އަދި އެގެއަކާއި ޖިންނި ޝައިޠޯނުންނަށް ކައިރިވެސް ނުވެވޭނެ ކަމަށެވެ. ހަމައެއާއިއެކު ސިހުރުހާރުއާއި އެސްފީނާގެ އުނދަގޫތަކުން އެ ގެއެއް ސަލާމަތްކުރައްވަވާނެ ކަމަށެވެ. މާނައަކީ މިއިން ކަމެއް އެގޭގެ އަހުލުވެރިއަކަށް ޖެހުނު ނަމަވެސް އެމީހަކު އެކަމަކުން ސަލާމަތްކުރައްވަވާނެ ކަމެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން