އިސްލާމްވުމުގެ ކުރިން ކުރި ކުށަކަށް އަދަބު ދެއްވަވާނެނަމަ ފުރަތަމަ ފަށްޓަވާނީ ތިބާ ޤަތުލުކުރުމުން ކަމަށް ޙަދީޘްކުރެއްވެވި މީހާގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
އިސްލާމްވުމުގެ ކުރިން ކުރި ކުށަކަށް އަދަބު ދެއްވަވާނެނަމަ ފުރަތަމަ ފަށްޓަވާނީ ތިބާ ޤަތުލުކުރުމުން ކަމަށް ޙަދީޘްކުރެއްވެވި މީހާގެ ވާހަކަ!

"އަޅުގަނޑުމެންގެ ތެރޭގައި ދަރިން މެރުމުގެ ޘަޤާފަތެއް ނެތެވެ. ކޮންމެ ބައެއްގެ ތެރޭގައިވެސް ހުރިހާ ކަންކަންވެސް ކޮންމެވެސް މިނަވްރަކަށް ހުންނާނެތީ ކުދިން މަރާ ކިތަންމެ މަދު ބައަކު ނަމަވެސް އުޅޭނެތާއެވެ. އެފަދަ ކަންކަންވެސް ކިތަންމެ މަޑުންނަމަވެސް އެހިނގަނީވެސް އެހެންވެގެންތާއެވެ!  

އަޅުގަނޑަށް މިއުޅެނީ ވަރަށް ބޮޑުކަމެއް ޖެހިގެންނެވެ. އަޅުގަނޑުގެ ބައިވެރިޔާގެ މޫޑް ގޯސްވާ ވަޤުތު ކުރެވޭ ކަންކަމުން ކުޑަ 3 ދަރިންގެ ފުރާނައަށް ނުރައްކައުތެރިވެދާނެކަމަށް އެބަ ބިރުގަނެއެވެ. ކުޑަކުދިންނަށް އަނިޔާވެރިވުމާއި އެމީހަކަށް ކުރެވޭ ކަމަކުން މަރުވުން ފަދަ ކަމެއް މެދުވެރިވެއްޖެނަމަ އެއީ ދީނުގައި ކިހާވަރެއްގެކަމެއްކަން އަންގައިދޭނެ ގޮތެއް ބުނެދެއްވިދާނެތޯ؟" 

ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ފުރަތަމަ ކަމަކަށް އޭނާއަށްޓަކައި ހެޔޮދުޢާކުރައްވާށެވެ! އެހާލަތުން އޭނާ އާއި މުޖުތަމަޢުއަށް ރައްކައުތެރިކަން ދެއްވެވުން އެދި ދުޢާކުރައްވާށެވެ! ދެން އޭނާގެ ސަމާލުކަން ލިބޭނެ ވަގުތަކު ނިކަން ތިރީގައިވާ ޙާދިސާގެ ވާހަކަ ވިދާޅުވެދެއްވާށެވެ! އެއީ ޙަދީޘްފުޅެކެވެ. ޝައްކުކުރަން އޮތް ވާހަކައެއް ނޫނެވެ. ވީމާ ފައިދާކުރާނެކަމަށް ބަލައި އުންމީދުކުރަމާތޯއެވެ! 

ކިޔައިދެއްވާށެވެ!: 

އެއީ ޞަހާބީ ބޭކަލެކެވެ. އެހެން ހުންނަވާފައި ކީރިތި ކުރައްވަވަން ފަށްޓަވައެވެ. ކީރިތިކުރައްވަމުން ގޮސް ހޭފުޅު ނެތޭވަރަށް ކީރިތި ކުރައްވަވައެވެ. މިކަމުގެ ވާހަކަ ރަސޫލް () އަށް ޞަޙާބީން ދެންނެވުމުން އޭނާ ގެންނަވައި އެކަހެރިކުރައްވަވައި އެކަމުގެ ސިއްރާއިމެދު ސުވާލުކުރެއްވެވިއެވެ. 

އޭނާ ދެންނެވިއެވެ. 

"މިއީ އަޅުގަނޑޫ އެކަކަށްވެސް ކިޔައިނުދީ ސިއްރުކޮށްފައިވާ ވާހަކައެކެވެ. ނަމަވެސް ރަސޫލް () ސުވާލުކުރެއްވެވީތީ މިދަންނަވަނީއެވެ. މިއީ އަޅުގަނޑު އިސްލާމްވުމުގެ ކުރިން ކުރެވިފައިވާ ކަމެއްގެ ވާހަކައެވެ. 

އަޅުގަނޑަށް އަންހެން ދަރިއަކު ލިބުނެވެ. ލިބުމާއިއެކު އެއިރުގެ ޘަޤާފަތާއިއެއްގޮތަށް ދަރިފުޅު މަރައިލަން ބޭނުންވިއެވެ. ނަމަވެސް އެކަން އެހައި އަވަހަކަށް ނުކުރެވުނެވެ. ދަރިފުޅު ހެދިބޮޑުވެ ބާލިޣްވާ ޢުމުރަށް އެޅުމުން ޘަޤާފަތް އެކަންކުރަން އަޅުގަނޑަށް މަޖުބޫރުކުރިއެވެ. 

ދަރިފުޅު ރީކޮށް ނަލަހައްދައިގެން ގެންދަން އުލުނު ވަގުތު އަނބިމީހާ އަޅުގަނޑުގާތު ވަރަށް ސިއްރުން ވާހަކައެއް ބުންޏެވެ. "އިތުބާރު ނަގައިނުލާށެވެ!" (މާނައަކީ ދަރިފުޅު ފާފައެއް ކޮށްފާނެކަމަށް ޝައްކުކޮށް މަރައިނުލާށެވެ!" 

އަޅުގަނޑު ދަރިފުޅު ގޮވައިގެން ޖަންގަލި ސަރަހައްދަށްގޮސް ބޮޑު ފެންވަޅަކަށް ދަރިފުޅު ވައްޓައިލީމެވެ. އެންމެފަހުވަގުތުވެސް އެކަން ކުރާނީތޯ ނުވަތަ ނުކުރާނީތޯ ވިސްނީމެވެ. ނަމަވެސް އަޅުގަނޑުގެ މައްޗަށް ބާރުގަދަވީ ކާބަފައިންގެ އާދަކާދައެވެ. އަޅުގަނޑު، ދަރިފުޅު ވަޅަށް ވައްތާލަން އުޅުނު ވަގުތު ދަރިފުޅަށް އެކަން ވިސްނި ބާރުއަޑުން ބުނަންފެށިއެވެ. "އިތުބާރު ނަގައިނުލާށެވެ!" ވަޅުތެރެއަށް ވެއްޓެމުން ދިއައީ ވެސް އެހެން ގޮވަމުންނެވެ. 

އަޅުގަނޑުގެ ކަންފަތުގައި މިހާރުވެސް ދަރިފުޅުގެ އެއަޑު ގުގުމަނީއެވެ. އެއަޑުތައް އިވެން ފެށުމުން ރޮވެނީއެވެ. މިޙާލަތު މެދުވެރިވަނީއެވެ." 

ޞަޙާބީގެ ވާހަކަތައް ކިޔައިދީ ނިމުނުއިރު ރަސޫލް () އަށްވަނީ ކީރިތިކުރެއްވެވިފައެވެ. ތުނބުޅިފުޅުން ކަރުނަފޮދު ފައިބައެވެ. ހަދީޘްފުޅު ކުރެއްވެވިއެވެ. "އިސްލާމްވުމުގެ ކުރިން ކުރި ކުށަކަށް އަދަބު ދެއްވަވާނެނަމަ ފުރަތަމަ ފަށްޓަވާނީ ތިބާ ޤަތުލުކުރެއްވެވުމުންނެވެ!" 

- ބިލާލް އަސްއަދުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން