މިޙާލަތު ކުރިމަތިވާނަމަ އަވަހަށް ޢިލްމުވެރިއެއްގެ ލަފާ ހޯދާށެވެ! ރުޤްޔާކުރަންޖެހޭނަމަ އެކަންވެސް ކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
މިޙާލަތު ކުރިމަތިވާނަމަ އަވަހަށް ޢިލްމުވެރިއެއްގެ ލަފާ ހޯދާށެވެ! ރުޤްޔާކުރަންޖެހޭނަމަ އެކަންވެސް ކުރާށެވެ!

"އަޅުގަނޑު ދީނީ ދަރުސެއް އަޑުއަހަން މަސައްކަތްކުރާނަމަ ފޫހިވެ އެތަނުގައި އިންނަހިތް ނުވަނީއެވެ. އެހެން ކޮންމެވެސް ކަމަކަށް އެނބުރޭހިތްވަނީއެވެ."

"ޤުރްއާން ކިޔަވާއަޑު އިވުމުން އަޅުގަނޑަށް އުނދަގޫތަކެއްވެއެވެ."

"މީހަކު ހެޔޮ ނަޞޭޙަތެއް ދޭނަމަ އުނދަގޫވެއެވެ. ބޭނުންވަނީ އަވަހަށް އެމީހަކާއި ދުރަށްދާށެވެ." 

މިފަދަ ކަންކަން މެދުވެރިވަނީ ޝައިޠޯނާގެ ސަބަބުންނެވެ. ސިޙުރުގެ ސަބަބުން ނުވަތަ އެނޫންވެސް ގޮތަކުން ބައެއް މީހުންގެ ހަށިގަނޑަށް ކާފިރު ޖިންނި ވަދެއިނދެ ސިކުނޑިއަށް މިފަދަ ކަންކަން ވައްދުވައެވެ. މިފަދަ ކަންކަން ޢާންމުކޮށް މެދުވެރިވާނީ ބޮޑެތި ފާފަތައް ކުރެވޭ މީހުންނަށެވެ. ދީނުގައިވާ އިންތަކުގެ ބޭރުން ކަންކަން ކުރެވޭ މީހުންނަށެވެ. 

ޝައިޠޯނާ އޭނާއަށް ވިސްނައިދޭނީ އެދައްކާ އެއްވެސް ވާހަކައަކުން އެމީހަކަށް ކުރާނެ އެއްވެސް ފައިދާއެއް ނެތްކަމަށާއި އޭނާގެ ތައުބާ ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ ކަމަށެވެ. އެ ޙާލަތުގައި ހުރެވޭނީ އެކަން ޤަބޫލުކުރެވިގެންނެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިބަޔާންކުރި ފަދަ އެއްވެސް ޙާލަތެއް ތިމާއަށް ކުރިމަތިވާނަމަ ޚާއްޞަކޮށް ނަމާދުކުރަން ފަސްޖެހެވޭނަމަ، ކަންނެތްވެވޭނަމަ ބިރުވެތިވާށެވެ. ޝައިޠޯނާގެ ކިބައިން ސަލާމަތްވާން މަސައްކަތްކުރާށެވެ. އަމިއްލައަށް ސަލާމަތްނުވެވިއްޖެނަމަ ނުވަތަ ސަލާމަތްވާން އުނދަގޫވާނަމަ ދީނީ ޢިލްމުވެރިއެއްގެ ލަފާ ހޯދާށެވެ! ރުޤްޔާކުރަންޖެހިއްޖެނަމަ ރުޤްޔާވެސް ކުރާށެވެ. 

މިއަދު އަހަރެމެންނަށް ވެގެން މިއުޅޭ ގޮތަކީ މިކަންކަމަށް އަޅައިނުލެވެނީއެވެ. ފަހުން ދަރުސް އަޑުއަހަން، ފަހުން ޤުރްއާން ކިޔަވަން ފަހުން ނަމާދުކުރަން ހިތަށް އަރާނަމަ އެކަމަށް ހޭލުންތެރިވާށެވެ. އެފަދަ ކަންކަން އެއަންނަނީ ހަމަ ޝައިޠޯނާގެ ކިބައިންނެވެ. ޝައިޠޯނާގެ ބަހަށް ހެއްލެވި ފަސްކުރެވޭނަމަ ޝައިޠޯނާ ދާނީ އޭތީގެ ބާރުގަދަކުރަމުންނެވެ. 

އެމީހަކު ޝައިޠޯނާގެ ކިބައިން ސަލާމަތްވާން މަސައްކަތްނުކޮށް ދުވަސްތަކެއް ފާއިތުވަންދެން ހުރެއްޖެނަމަ ޝައިޠޯނާ އެމީހެއްގެ ހިތާއި ސިކުނޑީގެ މައްޗަށް ވަރަށް ބޮޑަށް ވެރިވެގަނެއެވެ. ވަކިހިއްޕައިލައެވެ. އެޙާލަތުގައި ސަލާމަތްވޭނީ ވަރަށް ބޮޑަށް މަސައްކަތްކޮށްގެންނެވެ. ވީމާ އެންމެ ރައްކައުތެރިކަންބޮޑު ގޮތަކީ ކުރިއާލައި ފިޔަވަޅު އަޅައި ރައްކައުތެރިކަން ލިބިގަތުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން