ނަމާދަށް ފެށުމުގެ ކުރިންނާ ނަމާދުގަ ހުރެގެންވެސް ޚިންޒަބް ޝައިޠޯނުގެ ކިބައިން ސަލާމަތްވުމަށް މަސައްކަތްކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ނަމާދަށް ފެށުމުގެ ކުރިންނާ ނަމާދުގަ ހުރެގެންވެސް ޚިންޒަބް ޝައިޠޯނުގެ ކިބައިން ސަލާމަތްވުމަށް މަސައްކަތްކުރާށެވެ!

ޝައިޠޯނުންގެ ތެރެއިން ޚިންޒަބް ނަމަކަށް ކިޔުނު ޝައިޠޯނަކީ ހަމައެކަނި މީސްތަކުން ނަމާދުކުރާއިރު ޚުޝޫޢަތްތެރިވުމަށް ހުރަސްއަޅަން ހުންނަ ޝައިޠޯނެކެވެ. އެހެން ވަޤުތުތަކަކު އުނދަގުލެއް ނުކުރާނެއެވެ. ނަމާދަށް ފަށަން ﷲއަކްބަރު ކިޔުމާއިއެކު އައިސް އުނދަގޫކުރަން ފަށާނެއެވެ. އެހެނީ ޚިންޒަބްގެ ވަޒީފާއަކީ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރިއަ ނުދިނުމެވެ. 

ވީމާ ނަމާދަށް ފެށުމުގެ ކުރިންވެސް أَعُوْذُ بِاللّٰهِ مِنَ الشَّيْطٰانِ الرَّجِيْمِ

ކިޔާށެވެ. އަދި ނަމާދަށް ހުންނައިރު އުދަގޫކުރާނަމަވެސް أَعُوْذُ بِاللّٰهِ مِنَ الشَّيْطٰانِ الرَّجِيْمِ

ކިޔާށެވެ. ކިޔައި 3 ފަހަރު ވައަތްފަރާތަށް ފުމެލާށެވެ. 

މިކަން އުނގަންނަވައިދެއްވާފައިވަނީ ރަސޫލް ﷺ އެވެ. އަހަރެމެންވެސް އަދި ޝައިޠީނުންވެސް އުފައްދަވަނީ ﷲ ތަޢާލާއެވެ. ޝައިޠޯނުންގެ ކިބައި ރައްކައުތެރިކަން ދެއްވެވޭނީވެސް ހަމައެކަނި ﷲ ތަޢާލާއަށެވެ. ވީމާ ޝައިޠޯނުންގެ ކިބައިން ރައްކައުތެރިކަން ދެއްވެވުން އެދިގެން ދުޢާކުރާށެވެ. އެދުޢާއަކީ أَعُوْذُ بِاللّٰهِ مِنَ الشَّيْطٰانِ الرَّجِيْمِ އެވެ. ރައްކައުތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ 

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން