ޖާހިލެއްގެ ގޮތުގަހުރެ މަންމައަށް އަޅައިނުލާ އަދި މަންމަގެ ހިތުގަ ޖައްސާ ހެދި މީހަކު، އޭނާގެ މަންމަ މަރުވި ފަހުން ތައުބާވެ ޢަމަލުކުރަންވީ ގޮތަކީ ކޮބައިތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 30ސ
ޖާހިލެއްގެ ގޮތުގަހުރެ މަންމައަށް އަޅައިނުލާ އަދި މަންމަގެ ހިތުގަ ޖައްސާ ހެދި މީހަކު، އޭނާގެ މަންމަ މަރުވި ފަހުން ތައުބާވެ ޢަމަލުކުރަންވީ ގޮތަކީ ކޮބައިތޯ؟

ސުވާލު: ޖާހިލެއްގެ ގޮތުގައި ހުރިއިރު މަންމައަށް އަޅައިނުލާ އަދި މަންމަގެ ހިތުގައި ޖައްސާ ހެދި މީހަކު، އޭނާގެ މަންމަ މަރުވި ފަހުން ތައުބާ ވީ. ކޮބައިތޯ މީނަޔަށް ހުރި ގޮތަކީ؟ 

ޖަވާބު: ތައުބާވެއްޖެ ނަމަ އޭނަ އޭނާގެ ހުރިހާ ފާފައެއް ﷲ ފުއްސަވައި ދެއްވާނެ. މިހާރު ކަންތައްކުރަންވީ ގޮތަކީ ވީހާވެސް ގިނައިން މަންމައަށް ހެޔޮދުޢާ ކޮށްދީ، އަދި މަންމަގެ ނަމުގައި ޞަދަގާތް ކުރުން ގިނަ ކުރަންވީ. 

- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން