މަދީނާގެ ގާތުގައިވާ ޖިންނީންގެ ވާދީ- މިހާރުވެސް ޢަޖާއިބުން ފުރިގެންވާ ކަންތައްތަކެއް ފެންނަމުން އަންނަ ތަނެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
މަދީނާގެ ގާތުގައިވާ ޖިންނީންގެ ވާދީ- މިހާރުވެސް ޢަޖާއިބުން ފުރިގެންވާ ކަންތައްތަކެއް ފެންނަމުން އަންނަ ތަނެއް!

މަދީނާ އާއި 30 ކިލޯމީޓަރުގެ ދުރުމިނިގައިވާ ޖިންނީންގެ ވާދީ "ވާދީ -ޖިންނި" އަކީ މިހާރުވެސް ޢަޖައިބުން ފުރިގެންވާ ކަންތައްތަކެއް ފެންނަމުން އަންނަތަނެކެވެ. ބުނެވޭ ގޮތުން އެވާދީން ރަސޫލް އާއި ޞަހާބީން ދަތުރުކުރައްވަމުން ވަޑައިގެންނެވިއެވެ. އެތަނުގައި ހުރި ފަތްނެތް ގަހެއް ދައްކާފައި "ކަލޭގެފާނަކީ ރަސޫލް ބޭކަލަކު ނަމަ އެގަސް ކަލޭގެފާނުގެ އިޝާރާތަށް ޙަރަކާތް ކުރުވަން ނުވަތަ ލަންބުވަން" ޔަހޫދީއަކު ދެންނެވިއެވެ.

ރަސޫލް އިޝާރާތްކުރެއްވެވުމުން އެގަސް ރަސޫލް ގެ ފަރާތްޕުޅަށް ލެބުނެވެ. ބުނެވޭ ގޮތުން އެގަހަކީ ގަހެއް ނޫނެވެ. ޖިންނިއެކެވެ. އޭނާ ވަޤުތުން އިސްލާމްވިއެވެ.

އެވާދީން މިހާރުވެސް ފެންނަ ކަންކަމުގެ ތެރޭގައި ބިންމައްޗަށް ފެންއުޅުމުން ތިރިއަށް ފައިބައިގެން ނުގޮސް މައްޗަށް އެރުމާއި ދުއްވާފައިދާ ކާރުގެ ހުންގާނުގައި ޑްރައިވަރު އަތްނުލިނަމަވެސް އަމިއްލައަށް ކާރު ޙަރަކާތްކުރުމާއި ދުއްވާފައިދާ ސްޕީޑް ބާރުވެ120 ކިލޯމީޓަރާއި ހަމައަށްވެސް ބާރުވެގެން ދިއުން ފަދަ ކަންކަން ހިމެނެއެވެ.

ސައިންސާއި ގުޅުވައި އެހެން އެވަނީ އެތަނުގައިވާ ފަރުބަދަތަކުގައިވާ ދަގަތްފާނުތަކުގެ ބާރުން ކަމަށް ބުނެއެވެ. ނަމަވެސް ސުވާލަކީ ކެނެޑާ އާއި އެމެރިކާގައިވާ ދަގަތްފާނު ފަރުބަދަތަކުން މިކަންކަން މިމިންވަރަށް ހިނގާހެއްޔެވެ؟  

ޙަޤީޤަތް މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އަހަރެމެން ޤަބޫލުކުރަންވީ ޖިންނީންވެސް ދުނިޔޭގައިވާކަމެވެ. ﷲ ތަޢާލާ ދެއްވަވާފައިވާ ބާރުތަކުގެ ބޭނުންކޮށްގެން ކަންތައްތަކެއްވެސް ކުރަމުން ގެންދާ ކަމެވެ. މަސައްކަތްކުރަންވީ މިފަދަ ކަންކަމަށް ވިސްނައި އީމާންކަމާއި ތަޤްވާވެރިކަން އިތުރުކުރުމަށެވެ.  

- މައްލޫމާތު: ޤުރްއާން އެންޑް އިސްލާމް ޔޫޓިޔުބް ޗެނެލް

 

 

 

 

 

 

މިއަދު އޮންލައިން