ވީވީއައިޕީ ފެންވަރުގަ ސުވަރުގެ ވަންނަން ބޭނުންހެއްޔެވެ؟ ފުރުޞަތު އޮތީ ހުޅުވާލެވިފައެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ވީވީއައިޕީ ފެންވަރުގަ ސުވަރުގެ ވަންނަން ބޭނުންހެއްޔެވެ؟ ފުރުޞަތު އޮތީ ހުޅުވާލެވިފައެވެ!: މުފްތީ މެންކް

ޤިޔާމަތް ދުވަހުން ވީވީއައިޕީ ފެންވަރުގައި ސުވަރުގެ ވައްދަވާނެ ބައަކު ވެއެވެ. އެއީ ހަމަ ކުރެވޭ ކުޑަކުޑަ، ކުރަން ނުހަނު ފަސޭހަ ޢަމަލެކެވެ. ﷲ ތަޢާލާ އެމީހާއަށް ވަޙީކުރައްވަވާނެތެވެ! 

"އަހުރެން ތިބާ އުފައްދަވައި ދުނިޔޭގައި ލެއްވެވީމެވެ. އުފާވެރިކަމާއި ދަތި އުނދަގޫ ޙާލަތުތައް ކުރިމަތިކުރެއްވެވީމެވެ. ތިބާއަކީ އެއިން ކޮންމެ ޙާލަތެއްގައި އަލްޙަމްދުލިﷲ ކިޔައި ތިމަން ﷲ އަށް ޙަމްދުކޮށް ޝުކުރުވެރިވެ ޘަނާކީ މީހަކީމުއެވެ. މިއަދު "ވީވީއައިޕީ ފެންވަރުގައި" ސުވަރުގެ ވަންނާށެވެ!" 

މިދަރަޖައަކީ ކޮބައިކަން އެނގޭހެއްޔެވެ؟ އެއީ ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ﷲ އަށް ޝުކުރުވެރިވާ މީހުންނަށް ނޫނީ ދެވޭނެ ދަރަޖައެއް ނޫނެވެ.

މިސާލަކަށް އެންމެ ލޯބިވާ މީހާ، އެމީހެއްގެ މައިންބަފައިން، ގާތްތިމާގެ މީހުން ، އަނބިދަރިން ކުއްލިއަކަށް މަރުވުމުން ދެރަވާނެއެވެ. ރޮވޭނެއެވެ. އެއީ ކޮންމެ މީހަކަށްވެސް ކުރިމަތިވާނެ ކަމެކެވެ. އެއީ އީމާންތެރިކަން ކިތަންމެ ވަރުގަދަ މީހަކުނަމަވެސް އެޙާލަތުގައި ރޮވޭނެއެވެ. އަދި ރޮވުމަކީ އެއްވެސް މައްސަލައެއްވެސް ނޫނެވެ. 

ނަމަވެސް އެމީހާ ޤަބޫލުކުރާނީ އެއީ ﷲ ތަޢާލާ މިނަވަރުކުރެއްވެވި ގޮތްކަމަށެވެ. ކަންބޮޑުވެގެނެއް ނުއުޅޭނެއެވެ. ހިތްދަތުވުމާއި ކަންބޮޑުވެގެން އުޅުމާއި އެއީ މުޅިން ތަފާތު ދެކަމެކެވެ. އިންސާނަކަށް މިދަރަޖައަށް މީހާއަށް ދެވޭނީ ވަރަށް ހިތްވަރުގަދަވެގެންނެވެ. 

ދާދިފަހުން އަހަރެންގެ އެކުވެރިއެއްގެ ގުދަންތައް އެކުގައި އަނދައި ދިއައެވެ. އޭނާ ބުނީ ކީކޭކަން އެނގޭހެއްޔެވެ؟ "އަލްޙަމްދުލިﷲ، ﷲ އަކްބަރު! އަދިވެސް އަހަރެމެން މިތިބީ ސަލާމަތުންނެވެ. ﷲ ތަޢާލާއަށް އަޅުކަންކުރެވޭނެ ޙާލުގައެވެ." ކުރިން މިބުނި ދަރަޖައަށް ދެވޭނީ މިބުނި ޙާލަތުގައި މިހެން ބުނެވޭ މީހަކަށެވެ. ހިތުގައި އެއްވެސް ޝަކުވާއެއް ނެތި ﷲ ތަޢާލާއަށް ޙަމްދުކުރެވޭ މީހަކަށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން