އަހަރެންގެ ބައްޕަ މަންމަ ގާތު ލޯބިވާކަމަށް ބުނިއަޑެއް ނާހަމެވެ! ނަމަވެސް މިއަދަކު އެގޮތަކަށް ނުފުދޭނެއެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
އަހަރެންގެ ބައްޕަ މަންމަ ގާތު ލޯބިވާކަމަށް ބުނިއަޑެއް ނާހަމެވެ! ނަމަވެސް މިއަދަކު އެގޮތަކަށް ނުފުދޭނެއެވެ!: މުފްތީ މެންކް

އަހަރެން މިދައްކަނީ ހަމަ އަހަރެންގެ އަމިއްލަ މައިންބަފައިންގެ ވާހަކައެވެ. ދުވަހަކުވެސް ބައްޕަ މަންމަ ގާތުގައި މަންމަދެކެ ލޯބިވާކަމަށް ބުނިއަޑެއް ނުއަހަމެވެ. ފަހަރެއްގައި އެހެން ބުނަނީ ސިއްރުނަކްމަސްވެދާނެއެވެ. ކޮންމެއަކަސް އެދެމަފިރިން ދިރިއުޅުނީ ވަރަށް ލޯބިންނެވެ.

އެއީ އެދެމީހުން، އެކަކު އަނެކަކު ދެކެ ލޯބިވާކަން ދެމީހުންނަށްވެސް ޔަޤީންކުރެވޭތީކަމަށްވެސް ވެދާނެއެވެ! އެޔަޤީންކަން އެލިބެނީ ދުލުން އެވާހަކަ ނުދެއްކި ނަމަވެސް ޢަމަލުން އެކަން ސާބިތުކޮށްދޭތީކަމަސްވުން ކައިރިއެވެ.

ބުނަން ޖެހެނީ މިއަދު އެގޮތަށް އެކަންކޮށްގެން ނުފުދޭނެ ވާހަކައެވެ! ލޯބިވާވާހަކަ އެކަކު އަނެކަކަށް ބުނަން ޖެހެއެވެ. ގިނަގިނައިން ހާމަކުރަންޖެހެއެވެ. އެކަމުގެ ޑިމާންޑް އެހައިބޮޑުވެގެން މިދިއައީ ލޯބިވަމެވެ ބުނަމުންވެސް ޢަމަލުން އެކަން ސާބިތުކޮށް ދައްކައި ނުދެވޭތީކަމަށްވެދާނެއެވެ. ލޯބީގައި ވަފާތެރިކަމާއި އިޚްލާޞްތެރިކަން ކުޑަވުމުން ކަމަށްވެސް ވެދާނެއެވެ. މީގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެފަދަ ވާހަކަތައް ބުނުމުގެ ފުރުޞަތު ފަހިވެފައިވާ ބޮޑުކަމުން ކަމަށްވެސް ވެދާނެއެވެ!

ޒަވާޖީ ޙަޔާތް ކާމިޔާބުކުރުމަށްޓަކައި އެކި ދުވަސްވަރުކުރަންޖެހޭ ކަންކަން ތަފާތުވެގެންދާކަން އެއީ ޤަބޫލުކުރަންޖެހޭ ކަމެކެވެ. ކޮންމެ ޒަމާނެއްގައިވެސް އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާއަށް ބިރުވެތިވެ އެކަކު އަނެކަކަށްވަފާތެރިވުމެވެ. އިޚްލާޞްތެރިކަމާއިއެކު ލޯބިވުމެވެ! އެކަންކަން ފުރިހަަމ ނުކުރެވޭނަމަ ފޮނުވާ އައިލަވްޔޫ މެސެޖުތަކާ ބުނާބުނުންތަކާ އަދި ދޭ މާބޮނޑިތަކުން ކުރާނެ އެއްވެސް ފައިދާއެއް ހަމަނެތެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން