ތަފާތު ބަލިތައް ވަރަށް ގިނަވެއްޖެއެވެ. އެއިގެ ތެރޭގައި ގޮތް ނުއެނގޭ ބަލިތައްވެސް ވަރަށް ގިނައެވެ. ބަލިވީމާ ޝިފާ ހޯދަން މަސައްކަތްކުރަމުއެވެ. އެހެންކަމުން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.
ހުރިހާ ބޭފުޅުންވެސް ހަނދުމަފުޅުގައި ބަހައްޓަވާށެވެ! ޑޮކްޓަރުންނަށް ކުރެވޭނީ ބޭހެވެ! ބޭސްދީގެން ފަރުވާހޯދައިދިނުމަށް މަސައްކަތްކުރެވެނީއެވެ. ޝިފާ ދެއްވަވާނީ ﷲ ތަޢާލާއެވެ. ޝިފާލިބންވަނީ ﷲ ތަޢާލާގެ ޙަޟްރަތުން އެކަންޏެވެ. ވީމާ ބޭސްކުރަމުންވެސް ޝިފާ ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ!
ހަމަހޭ ހުރިހާހިނދަކު ނަމާދުކުރުން ދޫނުކުރާށެވެ! ކޮޅަށްހުރެ ނުކުރެވޭނަމަ އިށީނދެއިނދެގެންވެސް އަދި އޮޯވެ އޮވެގެންވެސް ނަމާދުކުރާށެވެ! ޛިކުރުކުރުމާ ދުޢާކުރުން ގިނަކުރާށެވެ!
ދުޢާކުރަންވީ ހަމައެކަނި ތިމާއަށް ޝިފާ ދެއްވެވުން އެދިގެނެއް ނޫނެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ތަފާތު ބަލިތަކަށް ފަރުވާ ހޯދަމުންދާ އެންމެންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވެވުން އެދި ދުޢާކުރާށެވެ! އެއިރުން ތިބާއަށްޓަކައި ހަމައެފަދައިން މަލާއިކަތަކު ދުޢާކުރައްވަވާނެތެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން