އޭނާއަކީ އިސްލާމް ދީނަކީ އެންމެ ރަނގަޅު ދީންކަމަށް ޤަބޫލުކޮށްގެންހުރި ކްރިސްޓިއަން އަންހެނެކެވެ. ޝަހާދަތްކިޔައި އިސްލާމްވުމަށް އޭނާއަށް އޮތް ހުރަހަކީ އަޢުރަ ނިވާކުރުމާއި ބެހޭ ގޮތުން ދީނުގައި ބަޔާންވެގެންވާ ގޮތުގެ ފުރިހަމަ މަޢުލޫމާތު އޭނާއަށް ނުލިބި އޮތުމެވެ. އިސްލާމް ދީނުގައި އަޢުރައަކީ ކޮބައިކަމާއި އަޢުރަ ނިވާކުރަންޖެހޭ ސަބަބުތައް އޭނާއަށް ސާފުކޮށް އެނގުމުން ވަޤުތުން ޝަހާދަތް ކިޔައި އިސްލާމްވީއެވެ.
ވީޑިއޯގައި ދެކެވިފައިވާ ވާހަކަތަކަކީ މިއަދުނޫހުގައި ވަރަށް ގިނައިން ލިޔެވޭ ވާހަކަތަކަކަށްވުމުން މިލިޔުމުގައި ތަކުރާރުނުކުރީއެވެ. އަޢުރަ ނިވާކުރުމާއިބެހޭ ގޮތުން އިތުރު މަޢުލާތު އޮޅުންފިލުވަން ބޭނުންވާ ކިޔުންތެރިން ވީޑިއޯ ބައްލަވާލައްވާށެވެ. ވަރަށް ބޭނުންތެރި މަޢްލޫމާތުތަކެއް ލިބިވަޑައިގަންނަވާނެއެވެ. އިން ޝާ ﷲ
ގުޅުންހުރި ވީޑިއޯ: