ﷲ ގެ މާނައަކީ ކޮބާ؟

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ﷲ ގެ މާނައަކީ ކޮބާ؟

19– ﷲ ގެ މާނައަކީ ކޮބާ؟

ޖަވާބު: ﷲ ގެ މާނައަކީ އިލާހުވަންތަކެވެ. އެއީ ޢަރަބިބަހުގެ "އަލިހަ" "ޔަހްލައު" އިން ނެގިފައިވާ ކަލިމައެކެވެ. މާނައަކީ ހުރިހާ އެންމެންވެސް އެފަރާތަކަށް ބޭނުންވެގެންވާ ފަރާތް، އަދި ހުރިހާ ޚަލްޤުތަކުންގެ ހުރިހާ އަޅުކަމެއްވެސް ޚާއްޞަކުރެވޭ ފަރާތެވެ.

20- ﷲ ސުބްޙާނަހޫ ވަތަޢާލާ، ތިބާ ހައްދަވާފައިވަނީ ކީއްކުރަން؟

ޖަވާބު: ހަމައެކަނި އެއިލާހަށް އަޅުކަންކުރުމަށްޓަކައެވެ.

21- ﷲ އަށް ކުރެވޭ އަޅުކަމަކީ ކޮބާ؟

ޖަވާބު: އެއީ އެއިލާހު އެއްކައުވަންތަކުރުމާއި އެއިލާހަށް ކިޔަމަންގަތުމެވެ.

22- އެކަމުގެ ދަލީލަކީ ކޮބާ؟

ޖަވާބު: ﷲ ސުބްޙާނަހޫ ވަތަޢާލާގެ މި ބަސްފުޅެވެ. "وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ" الذاريات: ٥٦

މާނަ: "އަދި ތިމަންއިލާހު ޖިންނީންނާއި އިންސީން ހަމައެކަނި ތިމަން އިލާހަށް އަޅުކަންކުރުމަށް މެނުވީ ނުހައްދަވަމެވެ." 

- ޝައިޚް މުޙައްމަދު ޝާފިޢު 

(ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ)

 

މިއަދު އޮންލައިން