ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވާ ސަބަބުތަކުގެ ތެރެއިން: ޙަރާމް ފޭރާންލުމަކީ ކޮބައިކަން އެނގޭތަ: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވާ ސަބަބުތަކުގެ ތެރެއިން: ޙަރާމް ފޭރާންލުމަކީ ކޮބައިކަން އެނގޭތަ: ޝައިޚް އަބޫބަކުރު ޒައުދު

ޙަރާމް ފޭރާން ލައިގެން ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވާނެ ކަމަށް އޮތް ޙަދީޘް ބަސްފުޅުގައި އެވަނީ ކޮން ފޭރާމެއްކަން އެނގެނީ ނުވަތަ ޤަބޫލުކުރަނީ މަދުމީހެކެވެ. 

އެއިގެ އެއްމާނައަކީ ޙަޜާމްކުރެއްވެވި ތަކެތީގެ ފޭރާމެވެ. ދެވަނަ މާނައަކީ ޙަރާމް ގޮތުގައި ހޯދާފައިވާ ފައިސާއިން ގަންނަ ފޭރާމެވެ. އެންމެ މުހިންމު އެއް ކަމަކީ 3 ވަނަ ކަންތަކެވެ. އެއީ ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ގޮތް ނޫން ގޮތަށް ފޭރާންލުމެވެ. އެއިގެ ތެރޭގައި ހިލޭ މީހުންގެ ކުރިމަތީގައި ނިވާކުރަންޖެހޭ ސަރަހައްދު ނިވާނުކުރުން ހިމެނެއެވެ. ވަނާތައް ހާމަވާގޮތަށް ފޭރާންލައިގެން ދެއްކުން ހުއްދަނޫން މީހުންގެ ކުރިމަތީގައި އުޅުންވެސް ހިމެނެއެވެ. 

މިހިރީ ހައްތާވެސް ޙަރާމް ފޭރާމެވެ. ވީމާ ޙަރާމް ފޭރާމަކީ ކޮބައިކަންވެސް ގިނަބައަކަށް މިވަނީ އޮޅިފައެވެ. ނުވަތަ ޤަބޫލެއް ނުކުރެއެވެ. ޙަރާމް ޙަލާލަކީ އެމީހަކު ބޭނުން ގޮތަކަށް މާނަކުރަން އޮތް އެއްޗެއް ނޫނެވެ. ޙަރާމް ޙަލާލް ﷲ ތަޢާލާ ވަނީ ބަޔާންކުރައްވަވައިފައެވެ. އަހަރެމެންނަށް އެއަކަށް ބަދަލެއް ނުގެނެވޭނެއެވެ. 

ދީނުގައި ކަންކަން ބަޔާންވެގެންވާ ގޮތާއި ތިމާ ބޭނުންވާ ގޮތް އެއްގޮތްކުރާށެވެ. އެހެނީ އަހަރެމެންނަށް އޮތީ ދީނުގައި އޮތްގޮތް ޤަބޫލުކުރުމެވެ. އެގޮތަށް ޢަމަލުކުރުމެވެ. ކުރިން ބުނިފަދައިން އަހަރެމެން ބޭނުންވާ ގޮތަށް ދީނުގެ ކަންކަން ބަދަލުކުރަން އުޅުމެއް ނެތެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވުމަކީ އެއީއެވެ. 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

 

މިއަދު އޮންލައިން