ހެޔޮބަދަލަކަށް އެދޭމީހާ ބޭރުފުށުގެ ސިފައަށް ބަދަލުގެނައުމަކުން އެކަނި ނުފުދޭނެ! ޢަމަލުތަކަށްވެސް މިފަދަ ބަދަލުތައް ގެންނަން ޖެހޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ހެޔޮބަދަލަކަށް އެދޭމީހާ ބޭރުފުށުގެ ސިފައަށް ބަދަލުގެނައުމަކުން އެކަނި ނުފުދޭނެ! ޢަމަލުތަކަށްވެސް މިފަދަ ބަދަލުތައް ގެންނަން ޖެހޭނެ!: މުފްތީ މެންކް

ހެޔޮބަދަލަކަށް އެދޭމީހާ އޭނާގެ ބޭރުފުށުގެ ސިފައަށް ގެންނަ ބަދަލަކުން އަދި ނުފުދެއެވެ. ތިމާއަކީ މުސްލިމެއްކަން ބަޔާންކޮށް މީސްތަކުންނަށް ދެއްކުމަށްޓަކައި ލާފޭރާމާއި އެނޫންވެސް ގޮތްގޮތުން މީހާގެ ސިފައަށް ބަދަލު ގެނައުމަކީ ވަރަށް ރަނގަޅު ކަމެކެވެ. ނަމަވެސް އެވަރަކުން އަދި ނުފުދެއެވެ.  

އަހަރެމެންގެ ހިތަށާއި ކުރާ ޢަމަލުތަކަށް ބަދަލުގެންނަން ޖެހޭނެއެވެ. ދުލުން ބުނާ ބަސްތަކަށް ބަދަލުގެންނަން ޖެހޭނެއެވެ. ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރަންޖެހޭނެއެވެ. ދުލުން ހެޔޮބަސްތައް ބުނުމާއިއެކު ޛިކުރުކުރުން ގިނަކުރަންޖެހޭނެއެވެ. އެހެންމީހުންނާ މުޢާމަލާތުކުރާއިރު އޮގާތެރިވެ ތެދުވެރިވާން ޖެހޭނެއެވެ.  

ކައިބޮއިހަދާއިރު ރިޒުޤް ދެއްވެވިފަރާތްމަތިން ހަނދުމަކޮށް ޝުކުރުކުރަންޖެހޭނެއެވެ. މަގުމައްޗަށް ނުކުމެއްޖެނަމަ މަގުމަތީގެ ޙައްޤުތައް އަދާކުރަންޖެހޭނެއެވެ. މުސްލިމުންނާއި ބައްދަލުވުމުން ދީނުގައިވާ މަގުން ސަލާމްކޮށް އެކަކު އަނެކަކަށް ހެޔޮދުޢާކުރަންވާނެއެވެ.

ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެންނަން އެދޭމީހާ ނިކަން މިކަންކަމަށް ސަމާލުކަންދީގެން ދިރިއުޅެން މަސައްކަތް ފަށައިބަލާށެވެ! ދިރިއުޅުމަށް ހެޔޮ ބަދަލުތައް އަންނަތަން ފެނިގެންދާނެއެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން