ދައްޖާލް މީސްތަކުންނަށް ދައްކާނެ އެންމެ ބޮޑު އެއްޗަކީ އޭނާގެ ސުވަރުގެއާއި ނަރަކައެވެ. ކައު އިތުރު ރަސޫލާ ﷺ ވަނީ ދައްޖާލުގެ ސުވަރުގެއަކީ ނަރަކަކަމާއި އޭތީގެ ނަރަކައަކީ ސުވަރުގެކަން ޙަދީޘްފުޅު ކުރައްވަވައިފައެވެ. ސުވާލަކީ އެހެންކަމާއިއެކުވެސް ގިނަ ބައަކު ދައްޖާލުގެ ސުވަރުގެއަށް ވަންނަނީ ކީއްވެގެން ހެއްޔެވެ؟
އެހެންއެވަނީ އެމީހުން ދުނިޔޭގައި އުޅުނު ގޮތުގެ ސަބަބުންނެވެ. ﷲ ތަޢާލާގެ ވަޙީ އަށާއި ރަސޫލް ގެ ޙަދީޘްފުޅުތަކަށް ސަމާލުކަން ނުދީ ދުނިޔޭގައި އުޅުނީތީއެވެ. ދުނިޔޭގައި އުޅެން ﷲ ތަޢާލާ އަންގަވާފައިވާ ގޮތާއިމެދު ޣާފިލުވެގެން ދުނިޔޭގައި އުޅުނީތީއެވެ. ދިރިއުޅުމުގެ ޙަޤީޤަތަކީ ކޮބައިކަމާއި އުޅެންޖެހޭނެ ގޮތާއިމެދު ނުވިސްނައި ލޮލަށް ފެނުނުހައި ކަންކަމަށް ހެއްލި ޣާފިލުވެގެން ދުނިޔޭގައި އުޅުނީތީއެވެ.
އެކަންކަމުގެ ސަބަބުން އޭނާއަށް ވިސްނަންޖެހޭ ކަންކަމަށް ވިސްނުމުގެ ބާރު އެދުވަހު ނުލިބެނީއެވެ.