ނިދަން އޮށޯތުމުގެ އަދަބުތަކާ ނިދުމުގެކުރިން ކޮނަމެހެން ކުރަންޖެހޭ 3 ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ނިދަން އޮށޯތުމުގެ އަދަބުތަކާ ނިދުމުގެކުރިން ކޮނަމެހެން ކުރަންޖެހޭ 3 ކަންތައް-

ނިދަން އޮށޯތުމަށްވެސް އަދަބުތަކެއްވެއެވެ.

ނިދަން އޮށޯތުމުގެ އަދަބުތަކަކީ:

- ވުޟޫކުރުން،

- ޛިކުރުކުރުން،

- ކަނާތް ފަރާތަށް އޮވެ ނިދުން

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ނިދަން އޮށޯތުމުގެ އަދަބުތަކަކީ މިއީ ކަމުގައިވީނަމަވެސް ނިދުމުގެ ކުރިން ކޮންމެރެއަކުވެސް ކުރުން ވަރަށް މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ. އެއ:

1 އެދުވަހުގެ ހުރިހާ ނަމާދުތަކެއް ކުރެވުނުކަން ޔަޤީންކުރުން.

2 ދެމަފިރިންނަމަ މަޝްވަރާކުރަން ޖެހޭ ކަންކަންކަމަށް މަޝަވަރާކޮށްލައި އެކަކު އަނެކަކަށް ހިތްހެޔޮކޮށްގެން ނިދުން

3 މާފަށް އެދުނަސް ނުއެދުނަސް ހުރިހާ އެންމެންގެ މައްޗަށް ހިތް ސާފުކޮށް އެންމެންނަށް މާފުކޮށްގެން ނިދުން

(އެގޮތަށް އެކަން ކުރައްވަމުން ވަޑައިގެންނެވި ޞަހާބީއަކަށް ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު އޭނާ ދިރިހުންނަވަނިކޮށް ރަސޫލް ވަނީ ދެއްވަވައިފައެވެ.)

 

 

 

 

މިއަދު އޮންލައިން