"ޞާލިޙް އަޅެއްގެ ގޮތުގައި ނޫނީ މަރުނުވަން" ޢަމަލުކުރަން އޮތް މަގު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
"ޞާލިޙް އަޅެއްގެ ގޮތުގައި ނޫނީ މަރުނުވަން" ޢަމަލުކުރަން އޮތް މަގު!: މުފްތީ މެންކް

އެއްވެސް މީހަކަށް އެމީހާ މަރުވާނެ ވަގުތު ނުއެނގޭނެ ކަމާއި ކޮންމެ ވަގުތަކުވެސް މަރާއި ބައްދަލުކުރަންޖެހިދާނެ ކަމާއި ކޮންމެ ވަގުތަކުވެސް ދުނިޔެ ދޫކޮށް ދާންޖެހިދާނެކަން ކޮންމެ މުސްލިމަކުވެސް ޔަޤީންކުރެއެވެ. ހުރިހާވެސް ހިތާމައަކީ އެކަން އެނގިހުރެމެ އަމަލުނުކުރެވޭ ކަމެވެ. ފަހުން ޞާލިޙް އަޅަކަށް ބަދަލުވާން ހުއްޓައި ދުނިޔެ ދޫކުރަންޖެހޭ ކަމެވެ! އެފަދަ އަބާއްޖަވެރިންގެ ތެރޭގައި ނުވުމަށް ކޮންމެ މީހަކުވެސް އަބަދުވެސް ގަދައަޅައި މަސައްކަތްކުރަންޖެހޭނެއެވެ! ކިރިޔާވެސް ސަލާމަތްކަމެއް ލިބުން އޮތީ އެއިރުންނެވެ! 

"ތިއަބައިމީހުން ތަޤްވާވެރި ޞާލިޙް އަޅުންގެ ގޮތުގައި ނޫނީ މަރުނުވާހުށިކަމެވެ!" އޮތް ބަސްފުޅާއިމެދު ތިއަބައިމީހުން ވިސްނަމު ހެއްޔެވެ؟ އެ ބުނެނެވެނީ ކީކޭކަން ހިތަށްވަދޭ ހެއްޔެވެ؟ 

އެބަސްފުޅުގެ މާނައަކީ އެއްވެސް ޙާލެއްގައި ހިތަށް އެރިހައި ގޮތަކަށް ދުނިޔޭގައި އުޅުމަށްފަހު ތައުބާވެ ހެޔޮ ޢަމަލުތައް ކުރަންފެށުމުގެ ވާހަކައެއް ނޫނެވެ. އެއްވެސް މީހަކަށް އެމީހާ މަރުވާނެ ވަގުތު ނުއެނގޭއިރު އެއީ ކާކަށް ކިހިނަކުން ކުރެވޭނެ ކަމެއް ހެއްޔެވެ؟ 

"ތިއަބައިމީހުން ތަޤްވާވެރި ޞާލިޙް އަޅުންގެ ގޮތުގައި ނޫނީ މަރުނުވާހުށިކަމެވެ!" އޮތް ބަސްފުޅުގެ މާނައަކީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެންމެހައި ކަންކަމުން އަބަދުވެސް ދުރުހެލިވެގެން ހުރުމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ކަންކަން ކުރުމުގައި ސާބިތުވެހުރުމެވެ. އެއިރުން އެފަދަ މީހުންގެ މަރު ކޮންމެ ވަގުތަކު ގެންދެވި ނަމަވެސް ގެންދަވާނީ ތަޤްވާވެރިއެއްގެ ގޮތުގައެވެ. ާލިޙް ޢަމަލުތައްކުރާ އަޅެއްގެ ގޮތުގައެވެ. 

 -މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން