ޤަތަރުގަވެސް ޑރ. ޒާކިރު ނައިކުގެ ވަކާލާތަށް ދަނީ ބޮޑެތި ކާމިޔާބީތައް ލިބެމުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ޤަތަރުގަވެސް ޑރ. ޒާކިރު ނައިކުގެ ވަކާލާތަށް ދަނީ ބޮޑެތި ކާމިޔާބީތައް ލިބެމުން-

ޚަބަރުގައިވާ ޔޫޓިޔުބް ބައްލަވައިލައްވާށެވެ! އޭނާއަށް ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބުރެވެ ހުރެ މަސައްކަތްކުރަނީ ޢީސާގެފާނަކީ ކަލާނގެކަން ބައިބަލް އިން ސާބިތުކުރުމަށެވެ. ނަމަވެސް އޭނާއަށް ދެއްކުނީ އަޞްލު ބައިބަލްގަ ނުވެސް ނެތް ވާހަކަތަކެކެވެ. ޔަހޫދީއަކު އަމިއްލައަށް ލިޔެފައިވާ ވާހަކަތަކެކެވެ. 

އޭނާ ދެއްކި ވާހަކަތަށް ބައްލަވައި ޑރ. ޒާކިރު ނައިކް ސާބިތުކޮށް ދެއްވީ އޭނާ ދެއްކި ވާހަކަ ޤަބޫލުކުރާނަމަ ރުޤްޔާކޮށް ހަށިގަނޑުން ޖިންނި ނެރޭ މީހުން ވާނީ ކަލާނގެތަކަކަށް ކަމެވެ. އަދި އޭނާ ދެއްކި ވާހަކައިން ހާމަވީ އޭނާއަކީވެސް ކަލާނގެއެއް ކަމަށް ދަޢުވާ ކުރެވޭ އަންހެނެއްކަމެވެ. 

މިފަދަ މީހުންނަށް ޑރ. ޒާކިރު ނައިކް އަބަދުވެސް ކުރިމަތިކުރައްވާ ގޮންޖެހުން މި ވީޑިއޯގައި ކުރިމަތިކުރެއްވިއެވެ. އެއީ ބައިބަލްގެ އެއްވެސް ތަނެއްގައި ޢީސާގެފާނަކީ ކަލާނގެ ކަމަށް އަމިއްލަފުޅަށް ވިދާޅުވެފައިވާކަން ސާބިތުކޮށްދީފިނަމަ އިސްލާމް ދީން ދޫކުރައްވައި ކްރިސްޓިއަން ދީން ޤަބޫލުފުޅު ކުރައްވާނެކަމަށް ވިދާޅުވާ ވިދާޅުވުމެވެ. 

ގުޅުންހުރި ވީޑިއޯ:

 

މިއަދު އޮންލައިން