އެހެން މީހުން އިސްލާހު ކުރުވަން ބޭނުންނަމަ މަލާމާތްނުކޮށް ކެތްތެރިކަމާއިއެކު ނަސޭޙަތް ދޭށެވެ!: ޝައިޚް ޝާފިޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އެހެން މީހުން އިސްލާހު ކުރުވަން ބޭނުންނަމަ މަލާމާތްނުކޮށް ކެތްތެރިކަމާއިއެކު ނަސޭޙަތް ދޭށެވެ!: ޝައިޚް ޝާފިޢު

އަހަރެމެން ކޮންމެ މީހަކުވެސް މަސައްކަތްކުރަންވީ ތެދުމަގު ލިބިގަތުމަށެވެ. އެއީ އިންށާނަކަށް ދެއްވަވާނެ އެންމެ މަތިވެރި ނިޢްމަތެވެ. ވީމާ އެފަދަ މަތިވެރި ނިޢްމަތެއް ތިމާއަށް ދެއްވަވައިފިނަމަ ފުރަތަމަ ކަމަކަށްވެސް އޮތީ ޝުކުރުވެރިވުމެވެ.

އެހެން މީހުންނަށް ހެޔޮ ނަޞޭޙަތްދޭންވާނެއެވެ! އެއީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤެކެވެ. ނަޞޭޙަތް ދިނުމުގެ ބަދަލުގައި އެހެން މީހުންގެ ހިތް މަރުވާފަދަ ބަސްތައް ބުނުމާއި މަލާމާތާއި ފުރައްސާރަކުރުމެއް ނެތެވެ.

ތިރީގައި އެވަނީ އެކަން ބަޔާންކުރައްވައި ޝައިޚް ޝާފިޢު ވިދާޅުވެފައިވާ ވަރަށް އަގުހުރި ބަސްފުޅެކެވެ.

ބައެއް މީހުން އުޅޭ ގޮތުން ހަމަ ހައިރާންވެއެވެ! 

އިއްޔެ ނަމާދެއް ރޯދައެއް ނުހިފާ އައުރަ ނިވާ ނުކޮށް ޖާހިލުކަންމަތީގައި ހުއްޓައި ﷲ ރަޙްމަތުން ތެދުމަގު ފެނި އިސްލާހުވުމަށްފަހު ދެން މިފަށަނީ އެހެން މީހުންނަށް މަލާމާތްކޮށް ތިއީ ކާފަރެކޭ ޖާހިލެކޭ ކިޔާށެވެ! 

ތެދުމަގު ފެނުނީ އަމިއްލަ މޮޅުކަމަކުން ނޫންކަމާއި އިއްޔެ ތިމާ ހުރީ ކޮން ހާލަތެއްގައިކަން ހަނދާނެއް ނުހުރެއެވެ. އެހެން މީހުން އިސްލާހު ކުރުވަން ބޭނުމިއްޔާ މަލާމާތްނުކޮށް ކެތްތެރިކަމާއިއެކު ނަސޭޙަތް ދޭނީއެވެ. ބޮޑާވެ ކިބުރުވެރިވުމަކީ މުސްލިމުންގެ ސިފައެއްނޫނެވެ.

 

- ޝައިޚް މުޙައްމަދު ޝާފިޢު 

 

މިއަދު އޮންލައިން