ޙާލަތު ނިޔާކުރި ގޮތަކުން ދަތުރުމަތީގަ ނަމާދު ނުކުރެވިވަނިކޮށް ރަށަށް އާދެވުނުއިރު އަނެއް ނަމާދުގެ ވަޤުތު ޖެހިފައިވާނަމަ ޢަމަލުކުރަންވީ ގޮތް-: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ޙާލަތު ނިޔާކުރި ގޮތަކުން ދަތުރުމަތީގަ ނަމާދު ނުކުރެވިވަނިކޮށް ރަށަށް އާދެވުނުއިރު އަނެއް ނަމާދުގެ ވަޤުތު ޖެހިފައިވާނަމަ ޢަމަލުކުރަންވީ ގޮތް-: ޑރ. އިޔާޟް

ސުވާލު:. ކަނޑު ގަދަވުމުގެ ސަބަބުންނާއި ލޯންޗުގައި މީހުން ގިނަވުމުގެ ސަބަބުން ނަމާދު ނުކުރެވި އުޅެނިކޮށް، މަޣްރިބު ނަމާދު ނުކުރެވިއޮއްވައި ރަށަށް އާދެވުމުން ރަށުގައި ޢިޝާ ނަމާދާ އެއްކޮށް ޖަމްޢު ކުރެވިދާނެތަ؟ ނޫނީ މަޣްރިބު ނަމާދު ގަޟާ ކުރެވިދާނެތަ؟ މި ތަނުން ރަނގަޅު ނުވަތަ އެންމެ ރަނގަޅީ ކޮން ގޮތެއްތޯ؟ 

ޖަވާބު:. ލޯންޗުގައި އިށީނދެ އިނދެގެން ނަމަވެސް ނަމާދު ވަގުތުގައި ކުރަން ޖެހޭނެ. ކޮންމެ އަކަސް ކަންތައް ދިމާވެފައި ތިއަވާ ގޮތުން މަޣްރިބާއި ޢިޝާ ނަމާދު ފަސްކޮށް ޖަމްޢު ކުރެވިދާނެ، 

(ދަތުރުގައި ޢަޞްރުނަމާދުވެސް ނުކުރެވި އޮތްނަމަ ފުރަތަމަ އޮތީ ޢަޞްރު ނަމާދު ޤަޟާކުރުމެވެ. މަޣްރިބް ނަމާދާއި ޢިޝާނަމާދު ފަސްކޮށް ޖަމްޢުކުރާނީ ޢަޞްރު ނަމާދު ޤަޟާކުރުމަށްފަހުގައެވެ.) 

ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން