ތެދުވެރި ލޯބިވާނަމަ ފުރިހަމަކުރަންޖެހޭ ޝަރުޠުތައް-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ތެދުވެރި ލޯބިވާނަމަ ފުރިހަމަކުރަންޖެހޭ ޝަރުޠުތައް-: މުފްތީ މެންކް

ލޯތްބާއި ތެދުވެރިލޯބިވުމަކީ ކޮބައިކަމާއި އަދި ލޯބިވުމަކީ ކޮބައިކަމާއިމެދު ގިނަ ބައަކު ސުވާލުކުރެއެވެ. އެހެންވެ ތެދުވެރިލޯބިވުމަކީ ކޮބައިކަން ބުނެދޭނަމެވއެންމެންނަށްވެސް އެނގޭނެ ފަދައިން ކޮންމެ ކަމެއްވެސް ފުރިހަމަވާނީ އެކަމެއްގައި ޝަރުޠުތަކެއް ހުރެގެންނެވެ. ވީމާ ެ. މިކަންކަމަކީ  ތެދުވެރިލޯބިވުމުގެ ޝަރުޠުތައް ކަމަށްވެސް ބުނެވިދާނެއެވެ. 

ތެދުވެރިލޯބިވުމަކީ: ލޯބީގައި ޤުރްބާންވުމެވެ. ގޮތްދޫކުރަންޖެހޭ ކަންކަމުގައި ގޮތް ދޫކުރުމެވެ. ތިމާއަށް ބޭނުންވާ މިންވަރުން ބައެއް ދޫކޮށްލަން ޖެހޭ ޙާލަތުގައި އެކަންކުރުމެވެ. ކަންކަން ދިމާވުމުން ޙާލަތަށް ބަލައި ޙަޤީޤަތް ހޯދުމެވެ. އެކަކު އަނެކަކަށް ވާހަކަދެއްކުމެވެ. އަޅާލުމެވެ. އެހީތެރިވުމެވެ. 

ތެދުވެރިލޯބިވާކަމަށްވާނަމަ މިބުނި ކަންކަން ފުރިހަމަވާންޖެހޭނެއެވެ. ނަމަވެސް މިއަދު މީހަކު ފެންނައިރަށް އޭނާގެ ބޭރުފުށުގެ ސިފައަށް ބަލައި އެމީހަކު ދެކެ ލޯބިވާކަމަށް އެބަ ބުނެއެވެ.  ނަމަވެސް މިބުނި އެއްވެސް ކަމެއް ކުރަން ބޭނުމެއް ނުވެއެވެ. އަބަދުވެސް ޢަމަލުކުރެވެނީ އެމީހަކަށް އެންމެ ފައިދާކުރާނެ ގޮތަށެވެ. އެހެންކަމަށްވާނަމަ ޙަޤީޤީ ލޯބިވުމާއި ގާތަކަށްވެސް އެމީހަކަށް ނުދެވޭނެއެވެ. 

މިބުނެވުނީ އެކަކުއަނެކަކަށްވާ ލޯބީގެ ވާހަކައެވެ. ދެން އޮތީ ﷲ ތަޢާލާދެކެ ލޯބިވުމެވެ. ﷲ ތަޢާލާ ދެކެ ލޯބިވުމުގައިވެސް ހަމަ މިޝަރުޠުތައް ފުރިހަމަވާންޖެހޭނެއެވެ. 

ފުރިހަމަ ގޮތުގައި ﷲ ތަޢާލާ ދެކެ ލޯބިވާނަމަ: އެލޯބީގައިވެސް ޤުރްބާންވާންޖެހެއެވެ. ތިމާ ބޭނުންވާ ގޮތަށް ކުރުން ހުއްދަ ނޫން ކަންކަމުގައި ގޮތްދޫކުރަންޖެހެއެވެ. ތިމާއަށް އުފާވެރިކަން ލިބެން ބޭނުންވާ މިންވަރުން ބައެއް ދޫކޮށްލަން ޖެހޭ ކަންކަމުގައި އެކަންކުރަންޖެހެއެވެ. ﷲ ތަޢާލާގެ ވަހީބަސްފުޅު (ޤުރްއާން)ގައިވާ ކަންކަން އެނގެންޖެހެއެވެ. ﷲ ތަޢާލާގެ އަޅުން (މީސްތަކުން) ދެކެ ލޯބިވާންޖެހެއެވެ. ﷲ ތަޢާލާގެ އެންގެވުންތަކަށް ފަރުވާތެރިވާންޖެހެއެވެ. މީސްތަކުންނަށް އަޅާލައި އެހީތެރިވާންޖެހެއެވެ. ނަހީކުރެއްވެވި ކަންކަން ނުކުރުމާއިއެކު ކުރަން އެންގެވި އެންމެހައި ކަންކަން އަންގަވާފައިވާ ގޮތަށް ކުރަންޖެހެއެވެ.   

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން