އީރާނުގަ އަނދަމުންދާ އަލިފާނަށްވުރެ ރާއްޖޭގައި އަންދަމުންގެންދާ އަލިފާނުގެ ހޫނު މާގަދަ‍- މާނުރައްކާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
އީރާނުގަ އަނދަމުންދާ އަލިފާނަށްވުރެ ރާއްޖޭގައި އަންދަމުންގެންދާ އަލިފާނުގެ ހޫނު މާގަދަ‍- މާނުރައްކާ!

މުޅި ހުޅަނގު އެކުވެ ބިލިއަނުން ފައިސާ ޚަރަދުކޮށްގެން އީރާނުގައި ކުރިއަށް ގެންދާ މުޒާހަރާތަކުގެ ވާހަކަތަކާއި އެމުޒާހަރާ ތަކުގައި ކާމިޔާބު ހޯދާ ވާހަކައާއި އެކަންކަމާއި ގުޅިގެން ކޮންމެވެސް މީހަކީ ދައްޖާލުކަމަށް ހަދައިގެން އުޅޭ ވާހަކަތައް އެބަ ދެކެވެއެވެ. 

ދިވެހި ލޮބުވެތި ރައްޔިތުންނަށް ސުޗވާލެއް ކޮށްލާނަމެވެ! 

1 އިންޑިއާގެ ރައްޔިތުން ރާއްޖޭގައި ކިތަންމެ ބޮޑުކުށެއް ކުރިއަސް އެމީހުންގެ މައްޗަށް ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ އެއްވެސް ބާރެއް ނުހިންގޭތާ 4 އަހަރުވީއެވެ. އެހެންކަމަށްވާއިރު ދިވެހިރާއްޖޭގެ މައްޗަށް އިންޑިއާ ގަދަވެގަނެފައި އެވަނީ އެއްވެސް ހަނގުރާމައެއް ކުރުމަކާއި ނުލައި ނޫންތޯއެވެ؟ 

2 ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރުމަކީ އަދި ރާއްޖޭގައި އެހެންދީންތައް ފަތުރަން ފުރުޞަތު ނުދިނުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ރާއްޖޭގެ ވެރިކަމުގެ މައްޗަށް އެންމެ ބޮޑަށް ބާރުއަޅާކަންތަކެވެ.

އެހެނަސް މިއަދު ރާއްޖޭގައި އެގެންދަނީ ފައުޅުގައި ހިންދޫ ދީންތަކަށް އަޅުކަން ކުރަމުންނެވެ. އިސްލާމް ދީން ނިކަމެތިކުރަން ކެންޕޭނުތައް ކުރަމުންނެވެ. 

އީރާނުގެ އަންހެނުން ބުރުގާ ނާޅައި އުޅުމުގެ މިނިވަންކަން އެހޯދަނީ މުޒާހަރާކޮށްގެންނެވެ. ރާއްޖޭގައި ހިންދޫ ދީންތައް ފެތުރުމާއި އިސްލާމް ދީން ނިކަމެތި ކުރުމުގެ ހުއްދަ ސަރުކާރުން ދީގެން އެތިބީ ކޮން ބައަކު ކޮންތަނެއްގައި މުޒާހަތާކޮށްގެންތޯއެވެ؟ 

ވީމާ ދައްޖާލުންނަކީ ކޮބައިތޯއެވެ؟ އީރާނުގައި ކުރިއަށް ގެންދާ މުޒާހަރާތަކުގެ އަޑީގައިއެތިބީތޯއެވެ؟ ރާއްޖޭގެ މިނިވަންކަމާއި ދީނީ އެއްބައިވަންތަކަން ނަގާލަން ފުރުޞަތުދީގެން ރާއްޖޭގައި މިތިބީތޯއެވެ؟ 

އީރާނުގެ އަންހެނުން ބުރުގާ ނެގުމަކުން ދިވެހިން ފާފަވެރިއެއް ނުވާނެއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ދެފަށްރޮދިން އަޢުރަ ނިވާކޮށްގެން އުޅޭތަން ފެނުމުން ދިވެހިން މަގުފުރެދެމުން ގޮސް މާފުށި ފަދަ އެތައް މާފުށްޓެއް މިހާރު އޮތް އޮތްއިރު އެކަންކަމުގެ ސަބަބުން އަޅުގަނޑުމެން މިއަދުމިތިބީ ކޮންފަދަ ޙާލަތެއްގައިތޯއެވެ.؟

މިފަދަ ކަންކަމުން އެނގިގެން މިދަނީ އީރާނުގައި އަނދަމުންދާ އަލިފާނަށްވުރެ ރާއްޖޭގައި ރޯކޮށް އަންދަމުން ގެންދާ އަލިފާނުގެ ހޫނު މާގަދަކަމެވެ. ރޯވެ އަނދަމުންދާތީ ލިބެމުން އަންނަ ގެއްލުންތައްވެސް މާނުރައްކާތެރިވެފައި މާބޮޑުކަމެވެ. 

"ޔާ ﷲ! ދިވެހިރާއްޖެ ޢާއި ދިވެހި ރައްޔިތުން މިޙާލަތުން ސަލާމަތްކުރައްވަވާނދޭވެ! އަޅަމެން މަގުފުރައްދައި އިންބަ ﷲ ގެ ދީން ނިކަމެތިކުރަމުން ގެންދާ އިނބަ ﷲ ގެ ޢަދުއްވުން ނިކަމެތިކުރައްވަވއި އަނިޔާވެރިންގެ ކިބައިން ދިވެހި އުންމަތް ސަލާމަތްކުރައްވަވާނދޭވެ!" އާމީން

މިއަދު އޮންލައިން