ދުޢާކުރުމުގަ ކޮންމެހެންވެސް ސަމާލުކަން ދޭންޖެހޭނެ ބައެއް ކަންކަން-: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ދުޢާކުރުމުގަ ކޮންމެހެންވެސް ސަމާލުކަން ދޭންޖެހޭނެ ބައެއް ކަންކަން-: ޝައިޚް އަބޫބަކުރު ޒައުދު

ދުޢާކުރުމުގައި މަޑުމައިތިރިކަން އިސްކަންކުރާށެވެ. ތަކުރާރުކުރަމުންގެންދާށެވެ. ދުޢާކުރަންވާނީ ވަރަށް ވަރުގަދަ ޢަޒުމަކާއިއެކުގައެވެ. ތިމާ މިކުރާ ދުޢާ ޢިޖާބަ ނުކުރައްވަވަނީސް ދުޢާކުރުން ހުއްޓައިނުލުމަށް ޢަޒުމް ކަނޑައަޅާށެވެ.  

މިސާލަކަށް "މިއަޅާއަށް (މިވެނިކަމެއް) ފަހިކުރައްވަވައި ދެއްވަވައިފާނދޭވެ!" ދުޢާކުރަމުން ގެންދާށެވެ. ކިތަންމެ ގިނަ ދުވަހަކު ކުރަންޖެހުނަސް ފޫހިވެގެން ނުވާނެއެވެ. ޢިޖާބަ ކުރެއްވެވުން ލަސްވެގެން މާޔޫސްވެގެންނުވާނެއެވެ. ދުޢާކުރަމުން ގެންދަންވާނީ ޢިޖާބަކުރައްވަވާނެ ކަމުގެ ޔަޤީންކަމާއިއެކުގައެވެ.  

ހަމައެއާއިއެކު އެކަމަކަށް ތިމާ އެދެނީ ކީއްވެގެންކަން ބަޔާންކުރާށެވެ. ސަބަބު ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެހެނަސް ސަބަބު ބަޔާންކުރުން ހިމެނިގެންވަނީ ތިމާގެ ނިކަމެތިކަން ބަޔާންކުރުމުގެ ތެރެއިންނެވެ.  

މިސާލަކަށް "މިއަޅާ މުސްކުޅިވެ ގައިބާރުދެރަވާ ދުވަހު އެހީތެރިވާނެ ދަރިއަކު ދެއްވަވާނދޭވެ! ނުވަތަ މިއަޅާއަށްޓަކައި ހެޔޮދުޢާކުރާނެ ދަރިއަކު ދެއްވަވާނދޭވެ!" ހަމައެފަދައިން "މިއަލާއަށް ކުރިމަތިވެފައިވާ އަތްމަތިދަތިކަން ފިލައި މިއަޅާގެ ބޭނުންތައް ފުއްދައިލެވޭވަރުގެ ތަނަވަސްކަމެއް މިއަޅާއަށް ދެއްވަވާނދޭވެ!" ފަދަ ޢިބާރާތްތަކުން ދަންނަވާށެވެ.  

ﷲ ތަޢާލާ އަންގަވާފައިވާ މަގުން ދުޢާކުރުންމަތީގައި ކުރަމުން ގެންދާ ދުޢާ ﷲ ތަޢާލާ ޢިޖާބަކުރައްވަވާނެއެވެ. އިން ޝާ ﷲ

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

 

މިއަދު އޮންލައިން