ކޮންމެހެން އެނގެންޖެހޭ މައުލޫމާތު: ﷲ އަހަރެމެންގެ މައްޗަށް ފުރަތަމަ ވާޖިބުކުރެއްވި ކަމަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ކޮންމެހެން އެނގެންޖެހޭ މައުލޫމާތު: ﷲ އަހަރެމެންގެ މައްޗަށް ފުރަތަމަ ވާޖިބުކުރެއްވި ކަމަކީ ކޮބާ؟

ސުބްޙާނަހޫ ވަތަޢާލާ، އަހަރެމެންގެ މައްޗަށް ފުރަތަމަ ވާޖިބުކުރެއްވި ކަމަކީ ކޮބާ؟  

ޖަވާބު: އެއީ ޠާޣޫތަށް ކާފިރުވުމާއި، ﷲ އަށް އީމާންވުމެވެ. މިކަމުގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ. 

"لاَ إِكْرَاهَ فِي الدِّينِ قَدْ تَبَيَّنَ الرُّشْدُ مِنَ الْغَيِّ فَمَنْ يَكْفُرْ بِالطَّاغُوتِ وَيُؤْمِنْ بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَى لاَ انْفِصَامَ لَهَا وَاللَّهُ سَمِيعٌ عَلِيمٌ"  (البقرة٢٥٦) 

މާނަ: "ދީނަށް ވެއްދުމުގައި ގަދަހެދުމެއް ނުވެއެވެ. އެހެނީ ރަނގަޅު ޙައްޤު ތެދުމަގާއި ޙައްޤުނޫން ބާޠިލުގޮތް މިވަނީ ރަނގަޅަށް ބަޔާންވެ އެނގޭށެވެ. އަދި ޠާޣޫތަށް ކާފިރުވެ ﷲ އަށް އީމާންވެއްޖެމީހާ ދަންނައެވެ! ހަމަކަށަވަރުން އޭނާ އެހިފެހެއްޓީ އިރައިގެން ނުދާނޭ ވަރުގަދަ އުޅައްގަނޑެއްގައެވެ. (މަގުނުފުރެދޭނެ ޙައްޤު ތެދުމަގުގައެވެ.) އެއަށް އެއްވެސް އޮޅުމެއް ނެތެވެ. އަދި ﷲއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ." 

- ޝައިޚް މުޙައްމަދު ޝާފިޢު

 

މިއަދު އޮންލައިން