ﷲ ތަޢާލާ އެމީހަކު ދެކެ ރުހިވޮޑިގެންފައިވާ މީހުންގެ ފުރަތަމަ ސިފަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ﷲ ތަޢާލާ އެމީހަކު ދެކެ ރުހިވޮޑިގެންފައިވާ މީހުންގެ ފުރަތަމަ ސިފަ-

ﷲ ތަޢާލާ އެމީހަކަށް ރުހިވޮޑިގެންފިކަން ޔަޤީންކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. ނަމަވެސް ﷲ ތަޢާލާ އެމީހަކަށް ރުހިވޮޑިގެންފިނަމަ އެމީހެއްގެ ކިބައިން ފެނިގެންދާނެ ބައެއް ޢަލާމާތްތައް އެބަހުއްޓެވެ. އެއިގެ ތެރެއިން ފުރަތަމަ ޢަލާމާތަކީ އަޅުކަންކުރާހިތްވުމާއި އަޅުކަންކުރުމަކީ ބުރަކަމަކަށް ނުވުމެވެ.

މިސާލަކަށް ފަރުޟުފަސްނަމާދުކުރުމާއި ސުންނަތް ނަމާދުތައް ކުރުމާއި ސުންނަތް ރޯދަތައް ހިފުމާއި ޙިޖާބު އަޅައި ނިވާވެގެން އުޅުމާއި ޤުރްއާންކިޔަވައި ޤުރްއާނަށް ޢަމަލުކުރާހިތްވުމާއި ޞަދަޤާތްދިނުމާއި އެންމެ ހެޔޮލަފށާ މީހުންގެ ތެރެއިން ވުމަށް ޝައުޤުވެރިވުމާއި މިހެންގޮސް ﷲ ތަޢާލާ ކުރުމަށް އަހަރެމެންނަށް އަންގަވާފައިވާ ކަންކަން ކުރާހިތްވުމާއި އެކަންކަން ކުރުން އެއީ ބުރަކަމަކަށް ނުވުމަކީ އެމީހަކު ދެކެ ﷲ ތަޢާލާ ރުހިވޮޑިގެންފައިވާ ކަމުގެ ޢަލާމާތެކެވެ.  

ހަމައެފަދައިން މިކަންކަން ކުރުމަކީ ބުރަކަމަކަށްވާނަމަ ކުރަން ކަންނެތްވެ ފަސްޖެހޭނަމަ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން އިތުރަށް މަސައްކަތްކުރާށެވެ.  

- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން

 

މިއަދު އޮންލައިން