ރިބާ ހިމެނޭ ލޯނެއް ނެގިފައިވާނަމަ ޢަމަލުކުރަންވީ ގޮތް-: ޝައިޚް ޙުސައިން އަންސާރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ރިބާ ހިމެނޭ ލޯނެއް ނެގިފައިވާނަމަ ޢަމަލުކުރަންވީ ގޮތް-: ޝައިޚް ޙުސައިން އަންސާރު

"ބޭންކް އޮފް މޯލްޑިވްސް އިން ލުއި ލޯނުތަކެއް ކަމަށް ބުނެ އިންޓްރެސްޓާ އެކު ދޫކުރާ ލޯނު ނެގުން ހުއްދަ ވެގެން ނުވެއެވެ. އެއީ ކަނޑައެޅިގެން ރިބާގެ މުޢާމަލާތެކެވެ. ރިބާ ކާ މީހުންނާ ދެކޮޅަށް ﷲ ތަޢާލާ އާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ހަނގުރާމަ އިޢުލާނުކުރައްވާފައެވެ.

- ޝައިޚް ޙުސައިން އަންސާރު" 

ޝައިޚްގެ މިބަސްފުޅާއިގުޅިގެން މީހަކު ކޮށްފައިވާ ސުވާލަކީ:

"މިހށާރު ލޯނު ނެގިފައި ތިބި މީހުން ތިކަމުގަ ޢަމަލުކުރަންޖެހޭނެ ގޮތަކީ ކޮބައިތޯ؟" 

ޝައިޚް ޙުސައިން އަންސާރުގެ ޖަވާބު: 

"އައްސަލާމް ޢަލައިކުމް. 

ރިބާގެ ލޯނެއް ނެގިފައި އޮތް ކަމުގައި ވާނަމަ، އޭގެ ޖަވާބުގައި ޢިލްމުވެރިންގެ ވާހަކަތަކަށް ބަލާއިރު، ފެންނަން އޮތީ އޭނާ ފުރަތަމަ ކަމަކަށް ތައުބާ ވާންޖެހޭނެކަމަށް. އިޚްލާޞްތެރި ތައުބާއަކުން ތައުބާވެ، ދެން އަސްލަކީ އިތުރުނުވާ ގޮތަށް ލޯނު އަދާކުރަން ޖެހޭނެ. އިތުރުވާ ބައި ދައްކަން ނުޖެހުން. 

އެހެނަސް މި ޒަމާނުގެ ނިޒާމުތަކާ ކަންތައްތައް ހުންނަ ގޮތުން އޭގެ ބަދަލުގައި އޭނާއަށް ބޮޑު އަދަބުތަކެއް ލިބި، އަނެއްކާ ޖޫރިމަނާ އިތުރުވެ، އެ ނުދައްކައިގެން ޖަލަށް ދާންޖެހުން ނުވަތަ ގޭބަންދަކަށް ނުވަތަ އެ ނޫން ވެސް އިތުރު އަދަބުތަކެއް ލިބޭ ކަމުގައި ވާނަމަ، އެ މަސްލަހަތަށް ޓަކައި، އޭނާއަށް އެ ކަމާ ހިތުން އިންކާރުކުރާ ޙާލު، އޭގެ އެ ބައި ވެސް ދެއްކުމުގެ މައްސަލައެއް ނެތް. އަދި އެ ކަމާ އޭނާ ތައުބާވެއްޖެ ކަމުގައި ވާނަމަ، އޭނާއަށް އެހީތެރިވުމުގައި އޭގައި އެއްވެސް ކަހަލަ ގެއްލުމެއް ނެތް.

ޚުލާޞާއަކީ އިޚްލާޞްތެރި ތައުބާއަކުން ތައުބާވެ، އޭނާ ފުރަތަމަ ވާހަކަދައްކަންވީ އިތުރުވީ ބައި، ރިބާއަށް ވީ ބައި ނުދައްކާ ވޭތޯ. އެހެނަސް އެ ގޮތަށް އެ ކަންތައްތައް ނުވެ އޭނާއަށް އިތުރު އަދަބުތަކެއް ލިބި އިތުރަށް ޖޫރިމަނާވެ އިތުރު އުނދަގޫތަކާ ކުރިމަތިވާ ކަމުގައި ވާނަމަ، އެ ބައި ދެއްކުމުގައި އޭނާގެ މައްޗަށް މައްސަލައެއް ނެތް. އެ ބައި ދައްކައިގެން ސަލާމަތްވާން އޮވެއްޖެ ކަމުގައި ވާނަމަ، އެ ބައި ދައްކައިގެން ހަމަ ސަލާމަތް ވާންވީ. ވަﷲ އަޢުލަމް."

 

ގުޅުންހުރި އޯޑިއޯ:

 

މިއަދު އޮންލައިން