ތިބާގެ މަޤާމް މަތިކޮށްދޭން، ތަނަވަސްކަން ހޯދައިދޭން، ރީތި ބައިވެރިއަކު ހޯދައިދޭން ތިއައެދޭ މީހާ ހުރީ އެހުރިހާކަމެއް ފުރިހަމަވެފަ ހެއްޔެވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ތިބާގެ މަޤާމް މަތިކޮށްދޭން، ތަނަވަސްކަން ހޯދައިދޭން، ރީތި ބައިވެރިއަކު ހޯދައިދޭން ތިއައެދޭ މީހާ ހުރީ އެހުރިހާކަމެއް ފުރިހަމަވެފަ ހެއްޔެވެ؟: މުފްތީ މެންކް

އަހަރެމެންގެ ތެރެއިން ބައެއް މީހުން އެމީހުން އޮފީހުގައި އަދާކުރާ ވަޒީފާގެ ކުރިއެރުން ހޯދަން، ތަނަވަސްކަން އިތުރުކުރަން، ރީތި، ތަނަވަސް ބައިވެރިއަކު ހޯދަން ސިޙުރުވެރިންގެ ގާތަށް އެބަދެއެވެ. އަހުރެންގެ ސުވާލަކީ އެކަންކަމުގައި ތިބާ ވާގިތިއައެދޭ މީހާ ހުރީ އެކަމެއް ފުރިހަމަވެފައި ހެއްޔެވެ؟

އޭނާހުރީ ޝަރަފްވެރި މަޤާމެއްގައިހެއްޔެވެ؟ އޭނާއަކީ އެންމެ ބޮޑު ބިލިއަނަރު ހެއްޔެވެ؟ އޭނާގެ އަނބިމީހާއަކީ އެންމެ ރީތި، އެންމެ ތަނަވަސް މީހާހެއްޔެވެ؟ އެނިޢްމަތްތައް ލިބިފައިވާނަމަ މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި ﷲ ތަޢާލާއަށް އުރެދި ދީނުން ބޭރުވެ، މީސްމީހުންނަށް ސިޙުރު ހަދައިދެނީ ކީއްކުރަން ހެއްޔެވެ؟ ހުރިހާ ކަންކަން ފުދިގެން ދުނިޔޭގެ އެންމެ އުފާވެރިކަމަށްވެގެން ހުންނަންވީ ނޫންހެއްޔެވެ؟

މީސްތަކުންނޭވެ! އެމީހުން އެކުރާ ކަމަކީ އަހަރެމެން ވާވައްދައި މޮޔަކުރުވަނީއެވެ. އެމީހުންގެ މަޅީގައި ޖައްސުވައި އަހަރެމެންވެސް ދީނުން ބޭރުކުރުވަނީއެވެ. އަހަރެމެންނަށް ﷲ ތަޢާލާ ދެއްވަވާފައިވާ ނޫރު އަމިއްލައަށް ނިއްވައިލަނީއެވެ. 

ޔަޤީންކުރަންވީ ކަމަކީ އަހަރެމެން ބޭނުންވާ ކަންކަން ޙާޞޏިލުކުރަން ބޭނުންވެގެން ތެދުވެރިކަމާއިއެކު މަސައްކަތްކުރަމުން ގެންދަންވީއެވެ. ލިބުން ލަސްވާނަމަ ކެތްތެރިވެލަންވީއެވެ. އެކަމަށް އެންމެ ރަނގަޅު ވަޤުތުގައި ﷲ ތަޢާލާ އެކަން ހިންމަވައިދެއްވަވާނެކަމުގެ ޔަޤީންކަން ހިތުގައި ބާއްވައި އެ ޔަޤީންކަމަށް ޢަމަލުކުރަމުން ގެންދާ މީހާއަށް ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން