ޤާޟީއެއް ކަމަކު ދެވަނަ ކައިވެނިކޮށްފަ ނުކުރާކަން ދޮށީ އަންތބަށް ދައްކަން މިހައިބޮޑަށް ކަންކަން އޮޅުވާލަން ހެޔޮވެދާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 6ސ
ޤާޟީއެއް ކަމަކު ދެވަނަ ކައިވެނިކޮށްފަ ނުކުރާކަން ދޮށީ އަންތބަށް ދައްކަން މިހައިބޮޑަށް ކަންކަން އޮޅުވާލަން ހެޔޮވެދާނެތަ؟

ތިރީގައި އެވަނީ ސޯޝަލް މީޑިއާއިން ފެނިފައިވާ ވާހަކައެކެވެ. ފުރަތަމަ ވާހަކަ ވިދާޅުވެލައްވާށެވެ!

ޤާޟީއެއް އޭނާގެ އަނބިމީހާއަށް ނޭނގި ދެވަނަ ކައިވެންޏެއް ކުރިއެވެ. އަދި ފުރަތަމަ އަނބި މީހާއަށް ނޭނގި ސިއްރުން ދެވަނަ އަނބިމީހާގެ ގާތަށް ގޮސް އުޅުނެވެ. މިކަމާ ގުޅިގެން ފިރިމީހާއަށް އައި ބަދަލުތަކުގެ ސަބަބުން ފުރަތަމަ އަނބި މީހާއަށް ޝައްކުވެ، ފިރިމީހާ ގާތު ޝަކުވާ ކުރަން ފެށިއެވެ.

އަދި އެކަމާ މެދު ސުވާލު ކުރުމުން ދޮގު ނުހަދަން ސީދާ ޖަވާބެއް ނުދެއެވެ. އަދި ފަހަރުގައި ތިއީ ޝައިޠާނާގެ ވަސްވާސް ކަމަށް ބުނެ އަދި ތިކަމަށް އެއްވެސް ދަލީލެއް ނެތޭ ފިރިމީހާ ބުނަމުން އައެވެ.

ކޮންމެ އަކަސް އެކަމުގެ ސަބަބުން މައްސަލަތައް ޖެހެން ފެށުމުން އެކަމަށް ދޮގު ނަހަދައި ޙައްލެއް ހޯދުމަށް ފުންކޮށް ވިސްނިއެވެ. (އެހެނީ ދެވަނަ އަތްނބެއް ނުވާ ކަމަށް ބުނެއްޖެނަމަ ދެވަނަ އަނބި މީހާ ވަރި ވާނެކަން ޤާޟީއަށް އެނގެއެވެ. )

އޭނާގެ ދެވަނަ އަނބިމީހާގެ ގާތަށް ގޮސް ބުންޏެވެ. "ތިބާ އަހަރެންގެ ފުރަތަމަ އަނބިމީހާގެ ގާތަށް ގޮސް، ތިބާގެ ފިރިމީހާ ދެވަނަ މީހަކާއި އިން ކަމުގެ ޝަކުވާ ކުރުމަށް ކަމަށް ބުނެ އަހަރެންނާއި ބައްދަލު ކުރުމަށް އެދޭށެވެ."

(އެހެނީ އޭނާއަކީ ޤާޟީއެއް ކަމުގައި ވާތީއެވެ.) ކޮންމެ އަކަސް އަޞްރު ނަމާދަށްފަހު ދެވަނަ އަނބިމީހާ، ފުރަތަމަ އަނބިމީހާގެ ގޭ ދޮށަށް ގޮސް ޤާޟީއާއި ބައްދަލު ކުރުމަށް އެދުނެވެ. އަދި އެއީ އޭނާގެ ފިރިމީހާ ދެވަނަ ކައިވެންޏެއް ކުރި ކަމުގެ ޝަކުވާ ކުރުމަށް ކަމަށް ބުންޏެވެ.

ފުރަތަމަ އަނބިމީހާ، ކުރިމަތީގައި މިވަނީ ފިރިމީހާގެ ދެވަނަ އަނބިކަން ނޭނގޭ ޙާލު އޭނާ ގޮވައިގެން ފިރިމީހާގެ ގާތަށް ދިޔައެވެ. ތިން މީހުން އެއް ތަނެއްގައި ތިބެ... ދެވަނަ އަނބި ސުވާލު ކުރިއެވެ.

"އޭ ޢިއްޒަތްތެރި ޤާޟީއެވެ.! އަހަރެންގެ ފިރިމީހާ އެހެން މީހަކާއި ކައިވެނިކޮށްފިއެވެ. އެކަމަކު އެކަމަށް އަހަރެންނަށް އެއްވެސް ހެއްކެއް ނެތެވެ."

ތިއީ ތިބާގެ ހިތުގައި ވާ ވަހުމެއް ކަމަށާއި އަދި ގޯސްކޮށް ވިސްނޭ ވިސްނުމެއް ކަމަށް ވެދާނެ ކަމަށް ޤާޟީ ބުންޏެވެ.

އަދި ތިކަމުގެ ދަލީލަކީ އަހަރެންގެ އަނބިމީހާއަށް ވެސް ހަމަ ތިހެން އިޙްސާސް ކުރެވެއެވެ. އަހަރެން ﷲ ގަންދީ ހުވާ ކޮށްފަ މިބުނަނީ އެވެ. މިގެއިން ބޭރުގައި އަހަރެންގެ އަނތްބެއް ވާނަމަ އޭނާ އެހެރީ ވަރިކޮށްފައެވެ!

ފުރަތަމަ އަނބިމީހާއަށް ރޮވުނެވެ. އަދި ތެދުވެ ފިރިމީހާގެ ބޮލަށް ދޮނެއް ދެމުން ބުންޏެވެ. ދުވަހަކު ވެސް ތިބާއާއި މެދު ޝައްކެއް ނުކުރާ ހުށީމެވެ. "

-كتاب المكر الأليم في الضحك على الحريم-

--ޢަލް-ޢިބަރް

މިހިސާބުންވެސް ކޮށްލާނީ ހަމަ ސުރުޚީގައިވާ ސުވާލެވެ! " ޤާޟީއެއް ކަމަކު ދެވަނަ ކައިވެނިކޮށްފަ ނުކުރާކަން ދޮށީ އަންތބަށް ދައްކަން މިހައިބޮޑަށް ކަންކަން އޮޅުވާލަން ހެޔޮވެދާނެތޯ؟"އެވެ.

އޭނާގެ ބުއްދީގެ ބޭނުންކޮށް ދެއަނބިން ގެއަށް ވައްދާފައި ދޮށީ އަނބިމީހާއަށް އޮޅުވާލުމަށްޓަކައި ގެއިން ބޭރުގައި އޭނާގެ އަންތބެއް ނުހުންނާނެކަމަށް ބުނުމުން އެބުނެވެނީ ކޮންފަދަ ވާހަކައެއްތޯއެވެ؟

އަމިއްލަ ދިރިއުޅުމުގެ ކަންކަމުގައި މިހައިމިންވަރަށް ދޮގުހަދާ ޤާޟީއަކު ޝަރީޢަތްކުރާނެ ގޮތާއިމެދު ސުވާލުއުފެދެއެވެ. އެހެނީ އޭނާގެ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަން ނެތުމުންނެވެ. އޭނާގެ ދޮގާއި މަކަރުވެރިކަން ﷲ ތަޢާލާ ދެނެވޮޑިގެންވާކަމުގެ ބިރު އޭނާގެ ހިތުގައި ނެތުމުންނެވެ.

ހަމަ އެއާއިއެކު ދެވަނަ އަނބިމީހާ އެކުރި ސުވާލުކޮށްފައި އެވަނީވެސް އޮޅުވާލައިގެންނެވެ. އޭނާގެ ފިރިމީހާ އޭނާ އާއި ކައިވެނިކުރުމަށްފަހު ދެވަނަ ކައިވެންޏެއް ނުކުރެވެ. އޭނާ ކައިވެނިކުރީ މީހެއްގެ ފިރިއަކާއިއެވެ. ދޮށީ އަންތބަކު އިންކަން އޭނާއަށް އެނގެއެވެ.

މިކަންކަން ފާހަގަކުރަންޖެހުނީ މިބާވަތުގެ އޮޅުވާލުންތައް އަޅުގަނޑުމެންގެ މުޖުތަމަޢުގައިވެސް އިތުރުވަމުން އަންނާތީ އުފެދޭ މަސައްލަތައް ގިނަކަމުންނެވެ. ޙަޤީޤަތް ފަޅާއެރުމުން ރޫޅެމުންދާ ކައިވެނިތައްވެސް ގިނަކަމުންނެވެ.

އިސްލާމް ދީނުގައި ދެވަނަ ކައިވެނި ހުއްދައެވެ. ނަމަވެސް ދޮގުހެދުމާއި އޮޅުވައިލުން ހުއްދައެއް ނޫނެވެ. އެއީ ބޮޑެތި ފާފަތަކެވެ.

މިއަދު އޮންލައިން