ކޮންމެހެން އެންގެން ޖެހޭ މައުލޫމާތު: ﷲ ގެ އަޅުތަކުންގެ މައްޗަށް، ނަމާދާ ރޯދައިގެ ކުރިން ފަރުޟުކުރެއްވެވި ތައުޙީދަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ކޮންމެހެން އެންގެން ޖެހޭ މައުލޫމާތު: ﷲ ގެ އަޅުތަކުންގެ މައްޗަށް، ނަމާދާ ރޯދައިގެ ކުރިން ފަރުޟުކުރެއްވެވި ތައުޙީދަކީ ކޮބާ؟

ސުބްޙާނަހޫ ވަތަޢާލާގެ އަޅުތަކުންގެ މައްޗަށް، ނަމާދާއި ރޯދައިގެ ކުރިން ފަރުޟުކުރެއްވެވި ތައުޙީދަކީ ކޮބާ؟ 

ޖަވާބު: އެއީ ހުރިހާ އަޅުކަންތަކެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އެއްކައުވަންތަކުރުމެވެ. އެއްވެސް ބައިވެރިއަކު ނުވާ، އެކަނިވެވޮޑިގެންވާ، އެއިލާހަށް އެކަނި ދެންނެވުމެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކަންތައްތަކަށް އެދި ނުދެންނެވުމާއި ﷲ ނޫން އެހެން އެއްވެސް ފަރާތަކަށް ކަންތައްތަކަށް އެދި ނުދެންނެވުމެވެ.  

ﷲ ސުބްޙާނަހޫ ވަތަޢާލާގެ މި ވަޙީބަސްފުޅުގައި ވާފަދައިންނެވެ. وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللهِ أَحَدًا الجن: ١٨ މާނަ: "އަދި ހަމަކަށަވަރުން މިސްކިތްތައް ޚާއްޞަވެގެންވަނީ ﷲ އަށެވެ. ފަހެ ތިޔަބައިމީހުން ﷲއާއެކު އެހެންފަރާތަކަށް އަޅުކަންނުކުރާށެވެ. (ހަމައެކަނި ﷲއަށް އަޅުކަންކުރާށެވެ.)"  

  لاَ إِلهَ إِلاَّ الله ގެ މާނައަކީ ކޮބާ؟

ޖަވާބު: لاَ إِلهَ إِلاَّ الله ގެ މާނައަކީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ﷲފިޔަވައި ނުވުމެވެ. އެކަމުގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާ މިއާޔަތެވެ. وَقَضَى رَبُّكَ أَلاَّ تَعْبُدُواْ إِلاَّ إِيَّاهُ -الإسراء: ٢٣  މާނަ: "އެއިލާހު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ތިޔަބައިމީހުން އަޅުކަން ނުކުރުމަށް ކަލޭގެފާނުގެ ރައްބު ނިޔާކުރައްވައިފިއެވެ." 

އެއިލާހުގެ ބަސްފުޅު أَلاَّ تَعْبُدُواْ އިން ދޭހަވަނީ لاَ إِلهَ އެވެ. އަދި އެއިލާހުގެ ބަސްފުޅު إِلاَّ إِيَّاهُ ގައި إِلاَّ الله ގެ މާނަވެއެވެ.  

(ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ) 

- ޝައިޚް މުޙައްމަދު ޝާފިޢު

 

މިއަދު އޮންލައިން