ސުވާލު:. ހުޅުމާލޭގައި ދިރިއުޅޭ އަންހެނަކު މާލޭގައި ވަޒީފާ އަދާކުރާ އޮފީހުގައި ވުޟޫކުރުން ދަތިތަކެއް ހުންނާތީ އޮފީސް ނިމިގެން ގެއަށް ގޮސް މެންދުރު ނަމާދާއި ޢަޞްރު ނަމާދާ އެކުގައި ޖަމްޢުކުރުން ހުއްދަވާނެތޯ؟
ޖަވާބު:. ކުރެވިދާނެ. ނަމަވެސް އެއީ އާދަވެގެން ހަދާ ގޮތަކަށް ވެގެން ނުވާނެ.
އިތުރު ސުވާލެއް:
ސުވާލު:. ފެންވަރައިގެން ވުޟޫކޮށްގެން އައިސް މޫނުގައި ފައުންޑޭޝަން އުނގުޅައި، އަދި ފުށްޖެހުމަށް ފަހު، ނަމާދުކުރެވޭނެތޯ؟
ޖަވާބު:. ނަމާދުކުރެވޭނެ
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް